މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ރޭގަނޑުގެ ފަރިއްކޮޅު ތައްޔާރުކޮށް ހޯލު އެރޭންޖްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އިން ކޮންމެ އަހަރަކު ދިނުމަށް ހަމަޖެހިފައިވާ "ރެހެންދި އެވޯޑު" ގެ މި އަހަރުގެ އެވޯޑު ދިނުމުގެ ރަސްމިއްޔާތަށް ރޭގަނޑުގެ ފަރިއްކޮޅު ތައްޔާރުކޮށް ހޯލު އެރޭންޖްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ފެބުރުވަރީ 2016 ވާ ބުދަދުވަހުގެ 10:00 އަށް މި މިނިސްޓްރީ (ގ.ބިއްލޫރިޖެހިގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 ފެބުރުވަރީ 2016 ވާ ހޯމަދުވަހުގެ 9:00 އަށް މި މިނިސްޓްރީއަށް (ގ.ބިއްލޫރިޖެހިގެ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

9 ޖުމާދަލްއޫލާ 1437

18 ފެބުރުވަރީ 2016
ހޯދާ