ޣާޒީ ސްކޫލް
ދިވެހިރާއްޖެ
ލައިބްރޭރިއަން

ވަޒީފާގެ ފުރުޞަތު

  • މި ސްކޫލުގެނަންބަރު: 32/IUL) GZS/2015) އިޢުލާނުގައި ކަނޑައެޅިފައިވާ ދާއިރާއަށް ބަދަލު އައިސްފައިވާތީ އެއިޢުލާނު ބާޠިލުކޮށް، އަލުން މިމަޤާމަށް އިޢުލާނު ކުރަމެވެ.

މަޤާމު: ލައިބްރޭރިއަން

ބޭނުންވާ އަދަދު: 01 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ޣާޒީ ސްކޫލް، ހުޅުމާލެ

ގިންތި/ސެކްޝަން: ދާއިމީ/އެކަޑަމިކް ސެކްޝަން

މަޤާމުގެ ހުއްދަ ނަންބަރު: OD/22/2016/09-ފ188

މުސާރަ: -/6295 ރުފިޔާ

އެލަވަންސް: -/2000 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ހަމަޖެހިފަވާ އުސޫލުގެ މަތިން ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުންނަށް ފޮތްދޫކުރުން.
  • ލައިބްރަރީގައި ފޮތްތައް އަތުރަންޖެހޭ ގޮތަށް އަތުރާ ތަރުތީބުކޮށް ބެހެއްޓުން.
  • ހަލާކުވާ ފޮތްތައް ހެދުން.
  • ސްކޫލްގެ ލައިބްރަރީ ފޮތްތަކުގެ އިންވެންޓްރީ ދުވަހުން ދުވަހަށް ބަލަހައްޓަމުން ގެންދިއުމާއެކު ފޮތްތަކުގައި ނަންބަރުޖަހައި ސެލޯފިން ލައި ބެލެހެއްޓުން.
  • ލައިބްރަރީއަށް ހޯދާފޮތްތަކާއި ލިބޭފޮތްތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވައިގެން ފާސްކުރުވުން.
  • އަލަށް ލިބޭ ފޮތްތައް ދަރިވަރުންނަށް ތަޢާރަފުކޮށްދިނުން.
  • ފޮތްކިޔުމަށް ދަރިވަރުން ޝައުޤުވެރި ކުރުމަށް މަދުވެގެން ޓާރމަކު 1 ޕްރޮގްރާމް ހިންގުން.
  • ސްކޫލުން ހަމަޖައްސާފައިވާ ލައިބްރަރީ ރޫލްސްއަށް ދަރިވަރުން އަހުލުވެރި ކުރުމަށްޓަކައި އުސޫލުތަކުގައި ހިފެހެއްޓުން.
  • ލައިބުރަރީ ކުލާސްތައް ފުރިހަމަކޮށް ގެންދިއުމަށް ލައިބުރަރީ ކުލާސްތަކުގައި ޓީޗަރުންނަށް އެހީތެރިވުން.
  • ލައިބްރަރީ ފޮތް ރިޓާންނުކުރާ ދަރިވަރުންގެ މަޢުލޫމާތު ކުލާސް ޓީޗަރުންނަށްދީ އެފޮތެއް ރިޓާންކުރަންޖެހޭ މުއްދަތު ހަމަވާތާ 1 ހަފުތާގެ ތެރޭގައި އެފޮތެއް ހޯދުން.
  • ލައިބްރަރީ ދަރިވަރުން ޝައުޤުވެރިވާ ފަދަ ތަނެއްގެ ގޮތުގައި ބެހެއްޓުން.
  • ސްކޫލުން ރާވައި ހިންގާ ޕްރޮގްރާމްތަކުގައި ސްކޫލުން އަންގާ ގޮތެއްގެ މަތިން ސްކޫލަށް އެހީތެރިވެ ދިނުން.
  • މަތީގައި ދަންނަވާފައިވާ ކަންތައްތަކުގެ އިތުރަށްވެސް، ކުއްލިއަކަށް ދިމާވާ އެކިއެކި ކަންކަމުގައްޔާއި އެހީތެރިކަމަށް ބޭނުންވާ ދަނޑިވަޅުތަކުގައި އެވަގުތުގައި ހަވާލުވެ ހުންނަވާ ވެރިއެއްގެ އިރުޝާދުގެ ދަށުން، އެއްބާރުލުން ދިނުމަކީ ސަރުކާރުގެ ކޮންމެ މުވައްޒަފެއްގެ ޒިންމާއެކެވެ.
  • ހަމައެހެންމެ ހެދިފައި އޮންނަ ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ޢަމަލުކުރުން.

ރޭންކް: އެމް އެސް 2

ކުލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ޝަރުޠު:

  • ލައިބްރަރީއާ ގުޅޭ ދާއިރާއަކުން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ލައިބްރަރީއާ ގުޅޭ ދާއިރާއަކުން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ލައިބްރަރީއާ ގުޅޭ ދާއިރާއަކުން ނުވަތަ ކިޔަވައިދިނުމުގެދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • ލައިބްރަރީއާ ގުޅޭ ދާއިރާއަކުން ނުވަތަ ކިޔަވައިދިނުމުގެދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު

- މަސައްކަތް ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު

- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް

އިންޓަރވިއުކުރުން

  • މިމަޤާމުތަކަށް މީހުން ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށް ފަހުގައެވެ. މި މަޤާމަށް މީހުން ހޮވުމަށް އިންޓަރވިއު އޮންނާނީ 2016 ފެބުރުވަރީ 28 ވާ (އާދީއްތަ)ދުވަހުއެވެ.
  • މިމަޤާމުތަކަށް މީހުން ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށް ފަހުގައެވެ. މިމަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.
  • މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

ޝަރުޠު ހަމަވާ ފަރާތަކުން ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު ސްކޫލް އޮފީހުން ލިބެން ހުންނާނެ)
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، މުއްދަތު ހަމަނުވާ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް) ހިމެނިފައިވުން.
  • ސަރުކާރުގެ ބޮންޑެއްގެ ދަށުން ވަޒީފާ އަދާ ކުރާ ފަރާތެއްނަމަ އިޤްރާރުގެ ކޮޕީ.
  • މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: މަޤާމުތަކަށް ޝަރުޠު ހަމަވާ ފަރާތްތަކުން 2016 ފެބުރުވަރީ 25 ވާ (ބުރާސްފަތި) ދުވަހުގެ 14:00ގެ ކުރިން ބަޔާން ކުރެވިފައިވާ ތަކެއްޗާއެކު ޣާޒީ ސްކޫލުގެ އެޑްމިން އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ޣާޒީ ސްކޫލުގެ ނަންބަރު 3350744 ފޯނަށް ގުޅުއްވުން އެދެމެވެ.
15 ފެބުރުވަރީ 2016
ހޯދާ