ކޮނޑޭ ސްކޫލް، ގއ.ކޮނޑޭ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - މަސައްކަތު

މަޤާމް :މަސައްކަތު (ދާއިމީ)
ބޭނުންވާ އަދަދު :1

މަޤާމު:   މަސައްކަތު (ދާއިމީ)

ބޭނުންވާ އަދަދު:   1 ( އެކެއް )

ރޭންކް:  އެސް. އެސް 1

ކްލެސިފިކޭޝަން:  ސަޕޯޓް ސްޓާފް ގްރޭޑް 1

މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން:  ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ މަދަރުސާ

މުސާރަ:   -/3100 (ތިން ހާސް އެއްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:   -/1000 (އެއް ހާސް ރުފިޔާ)

ޝަރުޠު: ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު ނުވަތަ ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1- ކޮންމެ ދުވަހަކު މަދުވެގެން 1 ފަހަރު ސްކޫލްގެ ކުލާސް ރޫމްތަކާއި އޮފީސް، ފަރުނީޗަރުތަކާއި، މެޝިނަރީތައް ސާފުކުރުން.

2- ކޮންމެ ދުވަހު މަދުވެގެން 2 ފަހަރު ސުކޫލުގެ ފާޙާނާތައް ސާފުކުރުން.

3- ކޮންމެ ދުވަހަކުވެސް ސުކޫލުގެ އިދާރާއިން އަންގަން ހަވާލުކުރާ އެންގުންތައް މީހުންނަށް އަންގައި، ސުކޫލުގެ އިދާރާއިން ފޮނުވާތަކެތި އެތަކެތި ލިބެންވީ ފަރާތާއި ހަވާލުކުރުން.

4- ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު ސުކޫލުގެ ގޯތީގެ ކުރިމައްޗާއި، ކުރިމަތީ މަގު ސާފުކުރުން. 

5- ކޮންމެ ހަފުތާއަކު 1 ފަހަރު ސުކޫލްގެ ގޯތިތެރޭގައި ހުންނަ ގަސްތައް ކޮށައި ސާފުކުރުމާއި، ގޯތިތެރެ ސާފުކޮށް ތަރުތީބުން ބޭއްވުން.

6- މަދުވެގެން ހަފުތާއަކު 1 ފަހަރު ސުކޫލުގެ ފާރުތަކާއި، ދޮރާއި، ސީލިންގާއި، ބިއްލޫރިތަކާއި، ފަންކާއާއި، ބޮކި ފަދަ ތަކެތި ސާފުކޮށް ބެލެހެއްޓުން.

7- މަދުވެގެން ހަފުތާއަކު 1 ފަހަރު ކުނިއުކާލަންޖެހޭ ސަރަހައްދަށް ކުނި އުކައިލުން.

8- މަދުވެގެން މަހަކު 1 ފަހަރު ގިފިލިވަޅުގެ ދިޔަ ހިއްކުން.

9- ސުކޫލުގެ ގުދަންތައް ބެލެހެއްޓުމާއި، ގުދަނަށް ވައްދަންޖެހޭ ތަކެތި ވައްދައި، ނެރެންޖެހޭ ތަކެތި ނެރެ އެކަމާ ބެހޭ އެންމެހައި ކަންކަން ބެލެހެއްޓުން.

10- ސުކޫލުން ޒިންމާވާގޮތަށް ރަށްރަށުން ވަޑައިގަންނަވާ ބޭފުޅުންގެ ފޮށި ފަދަ ތަކެތި ގެންދަންޖެހޭ ތަނަކަށް ގެންދިއުމާއި، އެތަކެތި އެތަންތަނުން  ބަނދަރަށް ގެންދިއުން.

11- ކުރަންޖެހޭ މަސައްކަތާއި ގުޅިގެން ހަވާލުކުރެވޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

12- ސުކޫލުން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާއިން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައްކުރުން.

13- ސުކޫލުގެ ގޯތިތެރެއާއި ސުކޫލުގެ ވަށައިގެންވާ މަގުތައް ސާފުކުރުން.

މި ވަޒީފާއަށް ޤާބިލު ފަރާތެއް ހޯދުމަށް ބެލަވޭނެ ކަންތައްތައް:

- ތައުލީމީ ސެޓިފިކެޓްތަކާއި، މަސައްކަތުގެ ހުނަރާއި ޤާބިލުކަމަށް ބެލެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާ މުއްދަތު: އިޢުލާނުގެ މުއްދަތުހަމަވާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި އިންޓަރވިއު އޮންނާނެ ތަނާއި ގަޑި ޝަރުޠު ހަމަވާ ފަރާތްތަކަށް އަންގާނެވެ.

އުޖޫރަޢާއި އިނާތަތްތައް:

  • ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  • މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

ހުށަހަޅުއްވަންޖެހޭ ތަކެތި:    

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓް ކޮށްފައިވާ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ތަޖުރިބާގެ ލިޔުންތައް
  • މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ސާފު ފޮޓޯކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ، ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު 

ސުންގަޑި: 25 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބަޔާން ކުރެވިފައިވާ ތަކެއްޗާއެކު ކޮނޑޭ މަދަރުސާއަށް ހުށަހެޅުއްވުން އެދެމެވެ.

- ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ހޯދުމަށް 6820097 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

15 ފެބުރުވަރީ 2016
ހޯދާ