ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
2017-2016 އަށް އެސްޓީއޯގެ ޕަބްލިކް ހިއްސާދާރުންގެ ފަރާތުން ކުންފުނީގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުން

އިޢުލާން

2017-2016 އަށް އެސްޓީއޯގެ ޕަބްލިކް ހިއްސާދާރުންގެ ފަރާތުން ކުންފުނީގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުން

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު 10/96 ގެ 54 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތީން މި ކުންފުނީގެ "އަހަރީ ޢާންމު ޖަލްސާ 2015" ބޭއްވުމުގެ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންނެވެ. މި ނޯޓިސްއާއެކު، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި ޕަބްލިކް ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރުކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

މިވަގުތު ކުންފުނީގެ ހިއްސާ ބެހިފައިވާ ގޮތުގެ މަތިންނާއި، އަދި އެސްޓީއޯގެ ހިންގާ ގަވާއިދުގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން، ޑިރެކްޓަރުންގެ ބޯޑަށް ޕަބްލިކް ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރެވޭނީ 1 (އެކެއް) ޑިރެކްޓަރެވެ. އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުގެ ފަރާތުން  ޢައްޔަނު ކުރެވޭނީ 6 (ހައެއް) ޑިރެކްޓަރުންނެވެ. މިގޮތަށް ޢައްޔަންކުރެވޭ ހުރިހާ ޑިރެކްޓަރުންނަކީވެސް، ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތަޢުލީމާއި ތަޖުރިބާ ލިބިގެންވާ ފަރާތްތަކަކަށް ހެދުމަށް އެސްޓީއޯއިން ބާރުއަޅަމެވެ.

މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަކަށް ވާންވާނެއެވެ.

  1. ދިވެއްސަކު ކަމުގައިވުން.
  2. 18 އަހަރު ފުރިފައިވުން.
  3. މިނިވަން މުސްތަޤިއްލު ފަރާތަކަށްވުން (ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައިވާ ޝަރުޠު ހަމަވުން)
  4. ކުންފުނީގެ ހިއްސާދާރަކަށްވުން.
  5. ކުންފުންޏެއްގެ ޑިރެކްޓަރުކަމުގެ މަޤާމު އަދާކުރުމަށް ޤާނޫނަކުން ނުވަތަ ޝަރުޢީ ކޯޓަކުން މަނާކުރެވިފައިނުވުމާއި، އަދި ޝަރުޠު ފުރިހަމަ ނުވާ ފަރާތެއް ކަމުގައި ނުވުން.
  6. ބަނގުރޫޓުވެފައިވާ ފަރާތެއްކަމުގައި ނުވުމާއި، ދިވެހިރާއްޖޭގައި ނުވަތަ އެހެން ޤައުމެއްގައި އަދާނުކުރާ ސާބިތު ދަރަންޏެއްވާ ފަރާތެއް ކަމުގައި ނުވުން.
  7. ކުންފުނީގެ މެނޭޖުމަންޓް ހަރުދަނާކުރުމުގައި އެހީތެރިވެވޭނެ ނަތީޖާއާއި، ތަޖުރިބާ ވިޔަފާރީގެ ދާއިރާއިން ހާސިލުކޮށްފައިވުން. މިގޮތުން، ކުންފުނީގެ ވިޔަފާރިއާއި، ސްޓޮކް މާކެޓާއި، ކުންފުންޏާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ފަރާތަކަށްވުމާއި، އަދި މިއިން ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައިވުން ނުވަތަ އެކަށީގެންވާ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.
  8. ކުންފުނީގެ މަސައްކަތްތަކަށް އެކަށީގެންވާ ވަގުތު ދެވޭނެ، ކެރި ކުޅަދާނަވެގެންވާ ފަރާތަކަށްވުން.
  9. ލިސްޓުކުރެވިފައިވާ ކުންފުނިތަކުގެ ޑިރްކަޓަރުންގެ ދެ ބޯޑަށްވުރެ ގިނަ ބޯޑުގައި ނުހިމެނޭ ފަރާތަކަށްވުން.
  10. މާލީ ރިޕޯޓުތައް ކިޔައި، ދެނަގަތުމުގެ  ޤާބިލުކަން ލިބިފައިހުރި ފަރާތަކަށްވުން.
  11. އެސްޓީއޯ އަދި އެސްޓީއޯގެ ސަބްސިޑިއަރީ، ޖޮއިންޓު ވެންޗަރ ނުވަތަ އެސޯސިއޭޓު ކުންފުންޏެއްގައި ވަޒީފާ އަދާނުކުރާތާ އެއް އަހަރު ވެފައިވާ ފަރާތަކަށްވުން.
  12. ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ބަނގުރޫޓުވެފައިވާ، ދަރަނިވެރިވެފައިވާ، ޤާނޫނާއި ޚިލާފުވެފައިވާ ނުވަތަ އެފަދަ އެއްވެސް ދަޢުވާއެއް މިހާރު ރައްދުވާ ފަރާތެއް ނުވަތަ އެފަދަ ކުންފުންޏެއްގައި ބޯޑު މެންބަރަކަށް، ހިއްސާދާރަކަށް ނުވަތަ މެނޭޖަރަކަށް އުޅުއްވާ / އުޅުއްވާފައިވާ ފަރާތެއްކަމުގައި ނުވުން.
  13. ވައްކަމާއި، މަކަރާއި، ޙީލަތާއި، ޚިޔާނާތާއި، އަދި ފައިސާާއާ ގުޅުންހުރި ކަމެއްގައި ކުށެއް ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުމާއި، އަމާނާތްތެރިކަން ގެއްލިފައިނުވުމާއި، އަދި ޑިރެކްޓަރެއްގެ ޒިންމާތައް އަދާކުރުމުން ކުންފުންޏަށް ނޭދެވޭ އަސަރުކޮށްފާނެކަމަށް ބެލެވޭ އެއްވެސް ކުށެއް ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުން.

މިދެންނެވުނު ޝަރުޠުތައް ހަމަވާ ފަރާތްތަކުން، "ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު" ފުރިހަމަކުރެއްވުމަށްފަހު، 2016 މާރިޗު 07 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ކޮމްޕެނީ ސެކްރެޓޭރިއެޓަށް އެޑުރެސްކުރައްވައި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ މައި އޮފީހަށް ނުވަތަ [email protected] އީމެއިލް އެޑުރެހަށް ނުވަތަ  3344533 (960) ފެކްސް ނަންބަރަށް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3344383/(960)3344373 (960) ނަންބަރާ ގުޅުންވުން އެދެމެވެ.

"ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު"، އޮފީސް ހުޅުވިފައި ހުންނަ ގަޑިތަކުގައި އެސްޓީއޯގެ މައި އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ. އަދި އެސްޓީއޯގެ ވެބްސައިޓު www.sto.mv އިން ޑައުންލޯޑު ކުރެވެން ހުންނާނެ ވާހަކަވެސް ދެންނެވީމެވެ.

މިދެންނެވި ސުންގަޑިއާ ހަމައަށް މިކުންފުންޏަށް ލިބޭ ފޯމުތަކުގެ ތެރެއިން ބޯޑު ޑިރެކްޓަރުކަމަށް ޝަރުޠުހަމަވާ ފަރާތްތަކާއެކު ޑިރެކްޓަރުންގެ ބޯޑުގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީން އިންޓަވިއުކުރާނެއެވެ.

އެގޮތުން އިވެލުއޭޓުކުރުމުގައި ބެލެވޭނެ މައިގަނޑު ކަންކަމަކީ؛

  1. ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލެއްވުމަށް މަތީގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތަކަށްވޭތޯ ބެލުން.
  2. ޑިރެކްޓަރުކަމަށް ކުރިމަތި ލެއްވުމަށް ހުށަހަޅުއްވާ ފޯމުގައި ހާމަކުރައްވަންޖެހޭ މަޢުލޫމާތު ހާމަކޮށްފައިވޭތޯ ބެލުން.
  3. ކެންޑިޑޭޓަކީ ބޯޑު ޑިރެކްޓަރެއްގެ ނުވަތަ ކުންފުންނީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ނުވަތަ ވިޔަފާރީގެ ގޮތުން ގުޅުމެއްވާ ފަރާތެއްތޯ ބެލުން.
  4. ކުންފުނީގެ ވިޔަފާރިއަކާއި ތައާރުޒުވާ ވިޔަފާރިއެއްކުރާ ފަރާތެއްތޯ ބެލުން ނުވަތަ އެފަދަ ވިޔަފާރިއެއްގައި އެއްވެސް ސިފައެއްގައި ޝާމިލުވާ ނުވަތަ ވަޒީފާ އަދާކުރާ ފަރާތަކަށްވޭތޯ ބެލުން.
  5. ކުންފުނީގެ ހިއްސާދާރަކަށްވެފައިވާ ތާރީޚު ބެލުން.
  6. ފާއިތުވި 5 އަހަރުގެ ތެރޭގައި ޤާނޫނީ އެއްވެސް ކުށެއް ކޮށްފައިވާ ނުވަތަ ޢަދަބެއް ލިބިފައިވާ ފަރާތަކަށްވޭތޯ ބެލުން.

ޑިރެކްޓަރުކަމަށް ކުރިމަތިލައްވާ ފަރާތްތައް އިވެލުއޭޓު ކުރުމާބެހޭ ޕޮލިސީ ކުންފުނީގެ ވެބްސައިޓު www.sto.mv އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

ކެންޑިޑޭޓުންނާމެދު މިދެންްނެވުނު ކަންކަން އިވެލުއޭޓުކޮށް އިންޓަރވިއުކުރުމަށްފަހު، ކޮމިޓީއިން އިޚުތިޔާރުކުރާ ފަރާތްތަކާބެހޭ މަޢުލޫމާތު ޑިރެކްޓަރުންގެ ބޯޑަށް ހުށަހެޅޭނެއެވެ. އަދި ޑިރެކްޓަރުންގެ ބޯޑުން ނިންމާ ގޮތެއްގެމަތިން ކެންޑިޑޭޓުންނާބެހޭ މަޢުލޫމާތު ހިއްސާދާރުންނަށް ފޯރުކޮށްދެވޭނެއެވެ. އަދި މިފަރާތްތަކުގެ މައްޗަށް އަހަރީ ޢާންމު ޖަލްސާގައި ވޯޓެއް ނެގޭނެއެވެ.

ވޯޓުދިނުން

ކުންފުނީގެ ހިންގާ ގަވާއިދުގެ 45 ވަނަ މައްދާގައިވާ ގޮތުގެމަތިން، އެހެންގޮތަކަށް ކަނޑަނާޅާހިނދު ވޯޓު ދޭނީ އަތް އުފުލައިގެންނެވެ. މިހެން ވޯޓު ދޭނަމަ، ކޮންމެ މެންބަރަކަށްވެސް ދެވޭނީ 1 (އެކެއް) ވޯޓެވެ. ކުންފުނީގެ ރައުސުލްމާލުގެ ހިއްސާގެ 10 އިންސައްތަ ތަމްސީލުކުރާ މެންބަރުން އެދިއްޖެނަމަ ޕޯލްގެ އުސޫލުން ވޯޓު ނެގިދާނެއެވެ. މިހެން ވޯޓު ނަގާނަމަ ކޮންމެ މެންބަރަކަށްވެސް އެމެންބަރެއްގެ މިލްކުގައިވާ ކޮންމެ ހިއްސާއަކަށް އެއް ވޯޓު ދެވޭނެއެވެ.

ހަމަ މި ގަވާއިދުގެ 46 ވަނަ މާއްދާގައިވާ ގޮތުން، ނެގޭ ވޯޓު އެއްވަރުވެއްޖެނަމަ، މެންބަރެއްގެ ހައިސިއްޔަތުން ޗެއަރމަން ދޭ ވޯޓުގެ އިތުރުން، ގޮތެއް ނިންމުމަށް ކާސްޓިންގ ވޯޓެއް ޗެއަރމަނަށް ދެވިދާނެއެވެ.

އަދި މިފަދައިން ފާސްކުރެވޭ ކޮންމެ އައިޓަމަކަށް ނެގޭ ވޯޓުގެ ޞައްޙަކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ، އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓި ފަރާތަށެވެ.

އަހަރީ އާންމު ޖަލްސާގައި ވޯޓު ދިނުމުގެ ގަވާއިދު "ވޯޓުދިނުމާ ގުނުމާބެހޭ ގަވާއިދު" މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.

05 ޖުމާދަލްއޫލާ 1437

                                      

14 ފެބުރުވަރީ 2016
ހޯދާ