މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ގދ.ގައްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން ރިވެޓްމަންޓްސް ފަރުމާކޮށް ޤާއިމުކުރުން

ޕްރޮޖެކްޓް ނަންބަރު: TES/2016/W-023

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ގދ.ގައްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން ރިވެޓްމަންޓްސް ފަރުމާކޮށް ޤާއިމް ކުރުން.

1. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް ބަޖެޓުގައި ކަނޑައެޅިފައިވާ ގދ.ގައްދޫއަށް ޑިޒައިން އެންޑް ބިލްޑް އުސޫލުން ރިވެޓްމަންޓްސް އަދި އެއާ ގުޅޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

2. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ތަފުސީލު

ޕެކޭޖަށް ކަނޑައެޅިފައިވާ އަދަދު

ބިޑް ސެކިއުރިޓީ (ރުފިޔާ)

މަދުވެގެން 5 އަހަރު ދުވަހުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ޓާންއޯވަރ (ރުފިޔާ)

މަދުވެގެން ކޭޝްފުލޯރ ހުންނަންޖެހޭވަރު (ރުފިޔާ)

ގދ.ގައްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން ރިވެޓްމަންޓްސް ފަރުމާކޮށް ޤާއިމު ކުރުން.

މިބާވަތުގެ މަސައްކަތެއް ކޮށްފައިވުން -/77,000,000 ރުފިޔާގެ

-/20,000,000 ރުފިޔާ

-/150,000 ރުފިޔާ

3. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ގްރޭޑްތަކުގެ ތެރެއިން ކޮންމެވެސް އެއް ގްރޭޑަކަށް ޝަރުޠު ހަމަވާ ފަރާތްތަކަށެވެ.

  HC01-1 އަދި HC01-2 

4. ބީލަމުގައި ބައިވެރިވުމަށް -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 18 ފެބުރުވަރީ 2016 އިން 03 މާރިޗު 2016 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މި މިނިސްޓްރީންނެވެ. ބީލަންފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

5. ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކައި ޚަލާޞްކޮށްފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) ބީލަމާއެކު ހުށަހަޅަންޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް ބަންދުނޫން 10 (ދިހައެއް) ދުވަހަށްވުރެ އިތުރަށް ދުވަހެއް ނެތް ލިޔުމަކަށެވެ.

6. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/150,000ރ (ސަތޭކަ ފަންސާސްހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ % 5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

7. މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 މާރިޗު 06 ވާ އާދިީއްތަ ދުވަހުގެ 10:00 ގައި، މިމިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ.

8. ބީލަން ހުޅުވުން އޮންނާނީ 2016 މާރިޗު 17ވާ ބުރާސްފަތި ދުވަހުގެ 10:00ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން: 3349107      3349106

ފެކްސް: 3320706       3324432

އީމެއިލް: [email protected]

ކޮޕީ: [email protected]

10. މި އިޢުލާން މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.

16 ފެބުރުވަރީ 2016
ހޯދާ