ވ. އަތޮޅު މަދަރުސާ، ވ. ފުލިދޫ
ދިވެހިރާއްޖެ
ކައުންސިލަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:            

މި މަދަރުސާއަށް މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމްގެ ނަން:  ކައުންސިލަރ

ބޭނުންވާ ޢަދަދު:  01 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމްގެ ކްލެސިފިކޭޝަން:  ސީނިއަރ އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: އެމް. އެސް. 1

ސެކްޝަން :   އެކަޑަމިކްސެކްޝަން/ ހއ.މާރަންދޫ މަދަރުސާ

މަސައްކަތްކުރަންޖެހޭތަން: ހއ. މާރަންދޫ މަދަރުސާ/ ހއ.މާރަންދޫ

މަޤާމް އޮތް އޮތްއޮފީސް އިދާރާ: ހއ.މާރަންދޫ މަދަރުސާ / ހއ.މާރަންދޫ

މުސާރަ:-/5610 ރުފިޔާ

ސާރވިސް އެލަވަންސް:-/2000 ރުފިޔާ

އުޖޫރައާއި އިނާޔަތްތައް:  އިތުރުގަޑީގައިއާއި ބަންދު ދުވަހު މަސައްކަތް ކުރައްވާނަމަ ސިވިލްސަރވިސްގެ މުވައްޒަފުންނަށް ބަންދު ދުވަހާއި އިތުރުގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުސޫލުން ބަންދު ދުވަހާއި އިތުރުގަޑީގެ ފައިސާ ލިބިލައްވާނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން ރަމަޟާން މަހުގެ އިނާޔަތު ފައިސާއާއި މަޤާމުގެ މަސައްކަތާއިގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައްވެސް ލިބިލައްވާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (ކައުންސެލިންގގެ ދާއިރާ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއް (ކައުންސިލިންގގެ ދާއިރާ) ގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަގާމުގެ މަސައްކަތާ ގުޅޭދާއިރާއަކުން (ކައުންސެލިންގގެ ދާއިރާ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. މަގާމުގެ މަސައްކަތާ ގުޅޭދާއިރާއަކުން (ކައުންސެލިންގގެ ދާއިރާ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ކައުންސިލިންގ ޕްރޮގުރާމްތައް ރޭވުމާއި، އެ ޕްރޮގުރާމްތައް ހިންގުމާއި، އެކަމާ ގުޅުންހުރި ހުރިހާ ރިކޯޑުތަކެއް ބެލެހެއްޓުން.
  2. ކައުންސެލިންގ ބޭނުވާ ދަރިވަރުން ފާހަގަކޮށް، އެ ދަރިވަރުންނަށް ކައުންސިލިންގ ދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، އެ ދަރިވަރުންނަށް އަންނަ ބަދަލު ދެނެގަތުމާއި، ކައުންސެލިންގގެ ފޮލޯއަޕް ހެދުން.
  3. ދަރިވަރުންގެ ނަފްސާނީ، ޖިސްމާނީ، އަޚުލާޤީ މައްސަލަތަކާ ގުޅިގެން ޓީޗަރުންނަށް ހުށަހަޅާ މައްސަލަތައް ބަލައި، އެކަންކަމުގައި އެފަދަ ކުދިންނަށާއި ޓީޗަރުންނަށް އެހީތެރިވެދިނުން. 
  4. ނަފްސާނީ ދުޅަހެޔޮކަށް ބޭނުންވާ މަޢުލޫމާތު ހޯދައި، ދަރިވަރުންނަށް ފޯރުވައިދިނުން.
  5. ސްކޫލްގެ ފަރާތުން ފާހަގަކުރާ ދުވަސްތަކާއި، ހަފްލާތަކަށް މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ސްކޫލުން އެދިއްޖެ ކޮންމެ ވަގުތަކު އެއްބާރުލުމާއި އެހީތެރިކަން ދިނުން.
  6. ސްކޫލްގެ އަހަރީ އިނާމުދިނުމުގެ ތައްޔާރީތަކާއި، ޖަލްސާގެ އެންމެހައި ކަންކަން ނިމެންދެެން ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ، އެކަމަށް ސްކޫލަށް ބޭނުންވާ އެހީތެރިކަމާއި އެެއްބާރުލުން ދިނުން.
  7. ސްކޫލުގައި ތިބި، އަޚްލާޤީ މައްސަލަ ތަކުރާރުކޮށް ދިމާވާ ދަރިވަރުންގެ މައްސަލަތައް ބެލުމާއި، އެ ދަރިވަރުންގެ ރިކޯޑުތައް ބެލެހެއްޓުމަށް ފައިލްތައް ތައްޔާރުކޮށް ގަވައިދުން ބަލަހައްޓަމުން ގެންދިއުން.
  8. ކުލާސްތަކަށް ގޮސް، އިތުރު އެހީއަށް ބޭނުންވާ ދަރިވަރުންގެ މަސައްކަތްތައް ކައިރިން ބަލައި، އެ ކަންތައްތައް ރިކޯޑުކުރުން.
  9. ކުދިން ބަލަހައްޓާނެ ގޮތާއި، އެ ކުދިންނަށް ބޭނުންވާނެ އެހީތެރިކަމަކީ ކޮބައިކަން އަންގައިދޭނެ ފަދަ ވޯރކްޝޮޕްތައް، ސްކޫލުގެ ޓީޗަރުންނަށާއި ބެލެނިވެރިންނަށް ރާވައިގެން ހިންގައިދިނުން.
  10. ވަޒީފާއާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  11. ދަރިވަރުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ގަވާއިދުން ބަލައި، އެފަދަ މައްސަލަތައް ހުރި ނަމަ ރިކޯޑުކޮށް، އަޅަން އެކަށީގެންވާ ފިޔަވަޅު އެޅުން.
  12. ދަރިވަރުންގެ އަޚުލާޤަށް އަންނަ ބަދަލުތަކާއި، ނަފުސާނީ ޙާލަތަށް އަންނަ ބަދަލުތަކާމެދު ބެލެނިވެރިންނަށް މަޢުލޫމާތު ދިނުން.
  13. ދުވަހުން ދުވަހަށް ބަލަންޖެހޭ އަޚުލާޤީ މައްސަލަތަކާއި، ނަފްސާނީ ގޮތުން ދަރިވަރުންނަށް ދިމާވާ މައްސަލަތަކާއި، ސްކޫލުގައްޔާއި ގޭތެރޭގައި ދަރިވަރުންނަން ލިބޭ ޖިސްމާނީ އަނިޔާތަކާމެދު ފިޔަވަޅު އެޅުމާއި ރިކޯޑުކުރުން.

މަޤާމަށް އެދެންވީ ސުންގަޑި:  

މި މަޤާމަށް ކުރިމަތި ލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން "ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު 2016 ފެބުރުވަރީ 24 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާ އެ ފޯމާގުޅޭ ލިޔުންތައް މާރަންދޫ މަދަރުސާއަށް ހުށަހަޅުއްވަން ވާނެއެވެ.

އިންޓަރވިއު ކުރުން:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އިންޓަރވިއު އޮންނާނެ ތަނާއި، ދުވަހާއި، ތާރީޚު އަދި ގަޑި އިއުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަހުގެ ތެރޭގައި އަންގާނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމީ ފެންވަރު
  • މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ-ފުރިހަމަކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިމަދަރުސާއާއި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ-  ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިއުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ  ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

ރ-ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް)

ބ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ޅ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި މަދަރުސާގެ ނަންބަރު 6500535 ފޯނާއެވެ.

14 ފެބުރުވަރީ 2016
ހޯދާ