ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ރިސޯޓްތަކުގައި ދިވެހި ކުރެހުންތެރީންގެ ކުރެހުން އެގްޒިބިޓް ކުރުމުގެ ފުރުޞަތު

އިޢުލާން

ރިސޯޓްތަކުގައި ދިވެހި ކުރެހުންތެރިންގެ ކުރެހުން އެގްޒިބިޓް ކުރުމުގެ ފުރުޞަތު

ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ ފަރާތުން ހިންގުމަށް ގަސްތުކުރާ ޕްރޮގުރާމެއްގެ ދަށުން ރާއްޖޭގެ ބައެއް ރިސޯޓްތަކާ ގުޅިގެން ކުރެހުންތެރިންގެ ކުރެހުން އެގްޒިބިޓް ކުރުމަށް ޕްރޮގުރާމެއް ހިންގުމަށް މި ސެންޓަރުން ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، ދިވެހިކުރެހުންތެރިންނަށް މިފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ކުރެހުންތެރިން 22 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ 13:30 ކުރިން ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސްއަށް އެބޭފުޅެއްގެ މަޢުލޫމާތު (ސީވީ) ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މި ސެންޓަރުގެ ކިއުރޭޓަރ އަލްފާޟިލް އަޙްމަދު ނަޢީމް (7777654) ނަންބަރު ފޯނާއެވެ.

23 ރަބީޢުލްއާޚިރު 1437

15 ފެބުރުވަރީ 2016
ހޯދާ