ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

ހދ.ކުމުންދޫގައި ތަރައްޤީކުރެވޭ ބަށިކޯޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން މިރަށުގައި ތަރައްޤީކުރެވޭ ބަށިކޯޓުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ތާރީޚަށް ހދ.ކުމުންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން ހދ.ކުމުންދޫ ކައުންސިލްގެ އިދާރާއަށްވަޑައިގެން ދެއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ހދ.ކުމުންދޫގައި ބަށިކޯޓު އެޅުމުގެ މަސައްކަތް ކުރުމަށް އެދި ''މިހެން ލިޔެފައި އޮޮންނަންވާނެއެވެ.

މިކަމަށް އެދި އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

18 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 10:00

25 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 10:00

ޕޮއިޓް ދެވޭނެ ގޮތަކީ: އެންމެ ކުޑައަގަށް %80 މާކްސް، ތަޖުރިބާއަށް % 10 މާކްސް، މަސައްކަތް ނިންމާ މުއްދަތަށް %5 މާކްސް، މަސައްކަތްކުރާ ފަރާތުގެ ހައިސިއްޔަތަށް %5 މާކްސް . މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ފޮަޓޯޖެހި ރަަސްމީލިއުމެއް ހުށަހަޅުއްވަންވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

01 ޖުމާދަލްއޫލާ 1437

10 ފެބުރުވަރީ 2016
ހޯދާ