ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަރުކަޒަށް، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އޮފީސް އެސިސްޓެންޓް

މަޤާމް ނަންބަރު:

188-OD/22/2016/9

ބޭނުންވާ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 3

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމު އޮތް އޮފީސް:

ހއ. އަތޮޅު ތަޢުލީމީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އިދާރީ

މަސައްކަތްކުރަން ހަމަޖެހިފައިވާ ތަނާއި ރަށް:

ހއ. އަތޮޅު ތަޢުލީމީ މަރުކަޒު، ހއ. ދިއްދޫ

މުސާރައާއި އެލަވަންސް:

މުސާރަ: -/3875 ރުފިޔާ   ސަރވިސް އެލަވަންސް: -/1000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

މަޤާމުގެ ޝަރުޠު:

- މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • އޮފީހުގެ ތަކެތި ބެލެހެއްޓުމާއި، އެ ތަކެއްޗަށް ލިބޭ ގެއްލުންތައް ބަލައި، މަރާމާތުކުރުން.
  • އޮފީހުގެ އެތެރެއާއި ބޭރު ފޮޅައި ސާފުކޮށް ބެލެހެއްޓުން.
  • އޮފީހަށް ގަންނަން ބޭނުންވާ ތަކެތި ގަތުމަށް އޮފީހުން ބޭރުގައި ކުރަންޖެހޭ ކަންތައްތައް ކުރުން.
  • އޮފީހުން ބޭރުން ކުރަންޖެހޭ ރަސްމީ ކަންތައްތައް މުވައްޒަފުންނާ ގުޅިގެން ކުރުން.
  • ސްކޫލުގެ ފަރާތުން އެކިއެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ލިޔެކިޔުމާއި، އެހެނިހެން ތަކެތި މަދަރުސާގެ އިދާރާއިން އަންގާގޮތެއްގެމަތިން އެފަރާތްތަކަށް ރައްދުކުރުން.
  • ސްކޫލުގެ ފަރާތުން އެކިފަރާތްތަކަށް ރައްދުކުރުމަށް ހަވާލުކުރެވޭ ފައިސާ، ސްކޫލުގެ އިދާރާއިން އަންގާގޮތެއްގެމަތިން އެ ފަރާތްތަކާ ހަވާލުކުރުމާއެކު، ފައިސާ ހަވާލުކުރާ ފޮތުގައި ސޮއިކުރުވުމާއެކު، ބިލުގައި ސޮއިކުރުވައި، ފައިސާ ލިބުނުކަމުގެ ތައްގަނޑު ޖެހުވުން.
  • ސްކޫލުގެ ފަރާތުން ބޭނުންވާ ބެލެނިވެރިން ނުވަތަ އެނޫންވެސް ފަރާތްތައް ސްކޫލަށް ހާޒިރުވުމަށް އެންގުން.
  • ސްކޫލުގެ ފަރާތުން ރަށުތެރޭގައި ހިއްޕަންޖެހޭ ނުވަތަ ހަރުކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް (އިޢުލާން، ދެންނެވުން، އެންގުން ފަދަތަކެތި) ރަށުތެރޭގައި ހަރުކުރުން.
  • ސްކޫލުގެ ފަރާތުން ބާއްވާ އެކިއެކި ޖަލްސާ ނުވަތަ ބައްދަލުވުންތަކަށް ފޮނުވާ ދަޢުވަތު ކާޑު ފަދަ ތަކެތި އެ ފަރާތްތަކަށް ރައްދުކުރުން.
  • ސްކޫލުގެ ފަރާތުން ބާއްވާ އެކިއެކި ޖަލްސާ ނުވަތަ ބައްދަލުވުންތަކަށް ދަންނަވަންޖެހޭ ފަރާތްތަކަށް ދެންނެވުން.
  • ޖަލްސާތަކާއި ބައްދަލުވުންތައް އިންތިޒާމުކުރުމުގައި އިދާރާގެ ފަރާތުން އަންގާ ގޮތެއްގެ  މަތިން ޖަލްސާތަކާއި ބައްދަލުވުންތައް އިންތިޒާމުގައިކުރުމުގައި މަސައްކަތު މުވައްޒަފުންނާ އެކުގައި އެ މަސައްކަތް ކުރެއްވުން.
  • މަތީގައިވާ މަސައްކަތުގެ އިތުރުންވެސް، މުވައްޒަފަކު ޗުއްޓީގައި ހުރުމުގެ ސަބަބުން ނުވަތަ ވަގުތީގޮތުން މުވައްޒަފަކު މަދުވުމުގެ ސަބަބުން، އެ މުވައްޒަފަކަށް މަސައްކަތެއް ހަވާލުކޮށްފި ހާލަތެއްގައި އެ މަސައްކަތެއް ހަވާލުކުރުވި މުއްދަތެއްގައި ކުރުން.

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި، މަސައްކަތުގެ އަޚުލާޤު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތައް އިންޓަވިޢު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.

ސުންގަޑި:

ޝަރުޠު ހަމަވާ ފަރާތްތަކުން، 2016 ފެބުރުވަރީ 16 ވާ އަންގާރަ ދުވަހުގެ 14:00 ގެ  ކުރިން، ތިރީގައި ބަޔާންކުރެވިފައިވާ ތަކެތި، މި މަރުކަޒަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ  އޮފީހުން  ލިބެން  ހުންނާނެއެވެ.  އަދި  ސިވިލް  ސަރވިސް  ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
  • ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

އިންޓަރވިއު:

- މި މަޤާމަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަވިޔު ކުރުމަށް ފަހުގައެވެ. އިންޓަވިޔު އޮންނާނީ، 17 ފެބުރުވަރީ 2016 އާއި 29 ފެބުރުވަރީ 2016 އާ ދެމެދުގެ ތާރީޚެއްގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

- މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކަށެވެ.

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު،  އޭގެތެރެއިން އެންމެ މަތީ މާކްސްލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ، 6500014 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6500560 އެވެ. މެއިލް އެޑްރެހަކީ،  [email protected] އެވެ.

29 ރަބީޢުލްއާޚިރު 1437

08 ފެބުރުވަރީ 2016
ހޯދާ