މާއުނގޫދޫ ސްކޫލް
ދިވެހިރާއްޖެ
ޕްރިންޓަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު:

ޕްރިންޓަރ

ބޭނުންވާ އަދަދު:

1

މުސާރަ:

-/3875 ރ

ސާރވިސް އެލަވަންސް:

-/1000 ރ

މަޤާމުގެ ރޭންކް:

އެސް .އެސް 3

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 3

ވަޒީފާ އޮތް އޮފީސް:

މާއުނގޫދޫ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް

މާއުނގޫދޫ ސްކޫލް / ށ.މާއުނގޫދޫ

ވަޒީފާގެ ގިންތި

ދާއިމީ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އިދާރީ

ޝަރުޠު

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖާގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  2. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުގެ ކުރިއެރުން ޙައްޤުވާ މާކްސް ލިބެމުން ދިއުމާއެކު، އެސް.އެސް 2 ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 3 ރޭންކު ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް.

  1. ސްކޫލުގައި ދުވަހުން ދުވަހަށް ޗާޕުކުރަންޖެހޭ ވާރކްޝީޓްތަކާއި، ޔުނިޓްޓެސްޓާއި، ޓާމްޓެސްޓާއި، އަދި އެހެނިހެން ޑޮކިޔުމަންޓްތައް ޕްރިންޓްކުރުން.
  2. ސްކޫލުގައި ޕްރިންޓްކުރެވޭ ވާރކްޝީޓްތަކާއި، ނިޓްޓެސްޓާއި، ޓާމްޓެސްޓާއި، އަދި އެހެނިހެން ޑޮކިޔުމަންޓްތައް ޕްރިންޓްކުރުމަށްފަހު އެތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރެވެންދެން ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  3. ސްކޫލްގައި ދުވަހުން ދުވަހަށް ޗާޕުކުރަންޖެހޭ ވާރކްޝީޓްތަކާއި، ޔުނިޓްޓެސްޓާއި، ޓާމްޓެސްޓާއި، އަދި އެހެނިހެން ޑޮކިޔުމަންޓްތަކުގެ ރިކޯޑު ބެލެހެއްޓުން
  4. ސްކޫލުގައި ދުވަހުން ދުވަހަށް ޗާޕުކުރަންޖެހޭ ވާރކްޝީޓްތަކާއި، ޔުނިޓްޓެސްޓާއި، ޓާމްޓެސްޓާއި، އަދި އެހެނިހެން ޑޮކިޔުމަންޓްތައް ޕްރިންޓުކުރުމަށް ބޭނުންކުރާ ކާޓްރިޖާއި ދެލިފަދަ ތަކެތީގެ ރިކޯޑު ބެލެހެއްޓުން.
  5. ސްކޫލުގައި ޤާއިމުކުރެވިފައިވާ ޕްރިންޓް، ޕްރިންޓްކުރުމާބެހޭ އެންމެހާ މެޝިނަރީއާއި އިކްވިޕްމަންޓް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  6. އިދާރީ ކަންކަމުގައި ސްކޫލުގެ ވެރިންނާއި މުދަރިއްސުންނަށް އެހީތެރިކަން ފޯރުކޮށްދިނުން

އިތުރު ޢިނާޔަތްތައް:

ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އަދި އެހެނިހެން އެލަވަންސް ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަ­ށް އިންޓަވިއު ކޮށްގެން.

އިންޓަރވިއު ކުރުން

  1. މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން އަދި ގަޑި، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
  2. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަށް ޝޯޓްލިސްޓު ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.
  3. މި މަޤާމަށް އިންޓަރވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކާއެވެ. މި މަޢުލޫމާތުތައް ފުރިހަމަނުވާ އެޕްލިކޭޝަންފޯމު ބާޠިލު ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު) މާއުނގޫދޫ ސްކޫލުން ލިބިވަޑައިގަންނަވާނެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް (www.csc.gov.mv) އިން ޑައުންލޯޑް ކުރެވޭނެއެވެ.
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަން ޖެހިވަޑައިގަންނަވާ ސެޓުފިކެޓުތައް އެކްރެޑިޓް ކުރައްވާފައި)
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާ ކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  5. ވަޒީފާއެއް އަދާކުރައްވާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާ ފަރާތެއްނަމަ ވަޒީފާގައި އޮތް މަސްއޫލިއްޔަތު އެނގޭނެ ލިޔުމެއް ހުށަހެޅުއްވުން.
  6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ނަންބަރާއެކު )

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

  1. މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު މާއުނގޫދޫ ސްކޫލް އޮފީހަށެވެ.
  2. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ17 ފެބުރުވަރީ 2016 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިންނެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ށ.މާއުނގޫދޫ ސްކޫލް ނަންބަރު 6540554 ފޯނަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

29 ރަބީޢުލްއާޚިރު 1437

08 ފެބުރުވަރީ 2016
ހޯދާ