ބ. މާޅޮހު މަދަރުސާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

2

މަޤާމުގެ ނަމްބަރު

188-OD/22/2016/09

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

މަޤާމުގެ ކުލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ސަރވިސް:

ޓެކްނިކަލް ސަރވިސް

އޮފީސް:

ބ.މާޅޮހު މަދަރުސާ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ބ.މާޅޮހު މަދަރުސާ

މަޤާމުގެ މުސާރަ:

-/5020 ރުފިޔާ

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

1- ސްކޫލް ހުޅުވަންޖެހޭ ރަސްމީ ގަޑިތަކުގައި ސްކޫލް ހުޅުވައި ލެއްޕުން.

2- ތަނުގެ އެންޓްރީ ބެލެހެއްޓުން.

3- ހުރިހާ ޔައުމިއްޔާތައް ބެލެހެއްޓުން.

4- ކޮންމެ މުވައްޒަފަކަށް ޕާރސަނަލް ފައިލެއް ހަދައި، އެމުވައްޒަފެއްގެ ލިޔެކިޔުންތައް ބެލެހެއްޓުން.

5- ޗެކު ހެދުމާއި، ޗެކުފޮތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

6- މަސް ނިމުމުން، ކޮންމެ މަހެއްގެ ހާޒިރީ ރިޕޯޓު ހެދުން. 

7- ކޮންމެ މަހެއްގެ 17 ގެ ކުރިން މުސާރަޝީޓު ހަދައި ފޮނުވުމާއި، މުވައްޒަފުންނަށް ގަވާއިދުން މުސާރަ ދިނުން.

8- އެކައުންޓާ އެއްގޮތަށް ސްޓޭޓްމަންޓަތައް ހުރިތޯ ބަލައި، މަހަކު އެއްފަހަރު ޗެކުކުރުން.

9- ސްކޫލުގެ އެކައުންޓުތަކާ ގުޅޭގޮތުން ފައިލްކުރަންހުރި ވައުޗަރާއި، ބިލާއި، ރިޕޯޓާއި، އެނޫންވެސް ތަކެތި، ހުއްދަދޭ ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.

10- ސްކޫލުގެ ބަޖެޓުން ފައިސާ ދައްކަންޖެހޭ ބިލްތަކަށް ފައިސާ ދެއްކުން.

11- މީލާދީ ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ބަޖެޓް ރިޕޯޓް ތައްޔާރުކޮށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުން.

12- ސްކޫލުގެ އިންވެންޓްރީ ބެލެހެއްޓުން.

 

 

 

މަޤާމުގެ ޝަރުޠުތައް:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން ' ސީ ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި  'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ޝަރުޠު ހަމަވޭތޯ ބެލުން (އިންޓަރވިއުކުރާނީ އަސާސީ ޝަރުޠު ހަމަވާނަމައެވެ.)
  • ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ
  • އިންޓަރވިއުއާއި ޕްރެޒެންޓޭޝަން

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ލިޔުންތައް ހުށަހަޅާނީ 2016 ފެބުރުވަރީ 28 ވާ އާދީއްތަދުވަހުގެ މެންދުރުފަހުގެ 13:00 ގެ ކުރިން، ބ.މާޅޮހު މަދަރުސާގެ އޮފީހަށެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސްގެ ވެބުސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސްކޫލުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

އިންޓަރވިއު އޮންނާނީ، ބ.މާޅޮހު މަދަރުސާގައި އިޢުލާނަށް މުއްދަތު ހަމަވާތާ 5ދުވަހުގެ ތެރޭގައެވެ. އިންޓަރވިއު ބާއްވާނެ ގަޑި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް ފަހުން އަންގާނެއެވެ.

 

އުޖޫރައާއި ޢިނާޔަތްތައް:

1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޢުލޫމާތު ސާފުކުރުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6600020 ނަންބަރު ފޯނާއެވެ.

30 ރަބީޢުލްއާޚިރު 1437
09 ފެބުރުވަރީ 2016
ހޯދާ