ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ސެޝަން ފޯރ ޔަންގް ޕާރޓިސިޕިއަންޓްސް 2016

އިޢުލާން

އިންޓަރނޭޝަނަލް ސެޝަން ފޯރ ޔަންގް ޕާރޓިސިޕިއަންޓްސް 2016

މިއަހަރުގެ ޖޫން 11 އިންޖޫން 25 އަށް އެތެންސްގައި ބޭއްވޭ 56ވަނަ އިންޓަރނޭޝަނަލް ސެޝަން ފޯރ ޔަންގް ޕާރޓިސިޕިއަންޓްސް ކޯހުގައި 20 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރައިގެ 1 އަންހެން އަދި 1 ފިރިހެންކުއްޖަކަށް ބައިވެރިވުމުގެ ފުރުޞަތު ލިބިފައިވާކަމަށްމޯ ލްޑިވްސް އޮލިމްޕިކް ކޮމިޓީން މިއެސޯސިއޭޝަނަށް ލިޔުމުން ހުށަހަޅާފައިވުމާއެކު، މިކޯހުގައި ބައިވެރިވާން ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެފަރާތެއްގެ ބަޔޯޑޭޓާ އަދި ވަނަވަރާއެކު 17 ފެބުރުވަރީ 2016 ވާ ބުދަަދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް ލިޔުމުން ހުށަހެޅުން އެދެމެވެ.

ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މީގެކުރީގައި މިކޯހުގައި ބައިވެރިވެފައިނުވާ ފަރާތްތަކަށް އިސްކަންދެވޭނެ ވާހަކަ ދަންނަވަމެވެ.

07 ފެބުރުވަރީ 2016
ހޯދާ