މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ފެރީދޯނި ކުއްޔަށް ހިފުމާބެހޭ

އިޢުލާން

ފެރީދޯނި ކުއްޔަށް ހިފުމާބެހޭ

މިކުންފުނިން ހިންގާ ހުވަދޫ ފެރީ ނިޒާމުގައި ބޭނުންކުރުމަށް ދޯންޏެއް އަމިއްލަ ފަޅުވެރިންނާއެކު 1 އަހަރުދުވަހަށް ކުއްޔަށް ހިފަން ބޭނުންވެއެވެ. މިގޮތުން ކުއްޔަށް ހިފާ ދޯނި ކުއްޔަށް ހިފުމަށް ހަމަޖެހިފައިވަނީ ދޯނީގެ ސަލާމަތީ ސެޓުފިކެޓުގައި ބަޔާންކޮށްފައިވާ ކެޕޭސިޓީއަށް ކޮންމެ ޝީޓަކަށް މަހަކު -/650 (ހަސަތޭކަ ފަންސާސް) ރުފިޔާގެ ރޭޓުންނެވެ. ކުއްޔަށް ދިނުމަށް ހުށަހަޅާ ދޯނީގައި މަދުވެގެން 85 މީހުންގެ ޖާގަ ހުންނަންވާނެއެވެ. އަދި އެ ދޯންޏަކީ ފެރީކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭ މުއްދަތު ހަމަނުވާ ސަލާމަތީ ސެޓުފިކެޓެއް އޮންނަ ދޯންޏަކަށް ވާންވާނެއެވެ.

ވީމާ، މަތީގައި ބަޔާންކޮށްފައިވާ އުސޫލުގެމަތިން ފެރީ ދޯންޏެއް ކުއްޔަށް ދޭން ބޭނުންވާ ފަރާތްތަކުން 14 ފެބުރުވަރީ 2016 (އާދީއްތަ) ދުވަހުގެ 15:00 ގެ ކުރިން މިފްކޯގެ ހެޑްއޮފީހަށް ނުވަތަ މިކުންފުނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮފީހަށް ސިޓީ ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 7466088 / 9992125 މިނަންބަރުތަކަށް ގުޅުއްވުން އެދެމެވެ.

08 ފެބުރުވަރީ 2016
ހޯދާ