ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެޑިޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: އެޑިޓަރ

މުސާރަ އާއި އެލަވަންސް:

މަހަކު -/10500 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް:

ނިވްސް އެންޑް ކަރަންޓް އެފެއާޒް

މަޤާމުގެ ޝަރުޠު:

މަޤާމާ  ގުޅޭ  ދާއިރާއިން  އެޑްވާންސް  ޑިޕްލޮމާއެއް  އޮތުން  ނުވަތަ  ޑިޕްލޮމާއެއް  އޮތުމާއެކު، މަޤާމާ ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމާ ގުޅޭ ދާއިރާއިން 6 (ހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޚަބަރާއި، ކަރަންޓް އެފެއާޒް އެހެން ކޮންޓެންޓަށް މެޓީރިއަލް ހޯދުމާއި، ޚަބަރާއި ޕްރޮގްރާމްތައް ތައްޔާރުކުރުން.
  • ޚަބަރާއި ކަރަންޓް އެފެއަރޒް އެހެން ކޮންޓެންޓް ތައްޔާރުކޮށް އެއަރކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • ނިވްސް ކަވަރޭޖް ދޭންޖެހޭ ކަންކަމުގައި ދާންޖެހޭ ސައިޓްތަކަށް ދިއުމާއި، ކޮންޓެންޓް އުފެއްދުމަށް ބޭނުންވާ ރިސާރޗް ހަދައި، ފެންވަރު ރަނގަޅު ކޮންޓެންޓް އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ޚަބަރާއި ކަރަންޓް އެފެއާޒް އެހެން ކޮންޓެންޓުގެ ޕްރޮޑަކްޝަންގެ އެންމެހައި މަސައްކަތްތައް ކުރުމާއި، ޕްރެޒެންޓްކުރުން.
  • ޚަބަރު ފާހަގަކުރުމާއި، ޚަބަރު މުއްސަނދިކުރުމާއި، ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް، އިސް ފެންވަރެއްގައި ކުރުން.
  • ޚަބަރާއި ކަރަންޓް އެފެއާޒް އެހެން ކޮންޓެންޓަކީ ޤާނޫނާއި ޤަވާޢިދުތަކާއި ކުންފުނީގެ ކޮންޓެންޓް ކޯޑާ އެއްގޮތަށް ތައްޔާރުކޮށް ފެތުރޭ ކޮންޓެންޓްކަން ޔަގީންކުރުން.
  • ނިވްސް ޑިޕާޓްމަންޓުން ފަތުރާ ކޮންޓެންޓް، ފެތުރުމަށް ކަނޑައެޅިފައިވާ ހުރިހާ ފޯމެޓެއްގައި އެންމެ އަވަހަށް ފެތުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • އިނގިރޭސިބަހުން ދިވެހިބަހަށް އަދި ދިވެހިބަހުން އިނގިރޭސިބަހަށް ތަރުޖަމާކުރަންޖެހޭ ނިވްސް ކޮންޓެންޓް ތަރުޖަމާކުރުމާއި، ތަނުގެ އުޞޫލުތަކާ އެއްގޮތަށް އެ ކޮންޓެންޓް ބޭނުންކުރޭގޮތަށް ތައްޔާރުވުން.
  • ހަވާލުކުރެވޭ ޔުނިޓް/ޑެސްކްގެ މަސްއޫލިއްޔަތުތަކާއި، އެ މަސައްކަތަށް ކަނޑައެޅިފައިވާ މުވައްޒަފުންނާ މަސައްކަތް ހަވާލުކުރުމާއި، މޮނިޓަރކުރުމާއި، އެސެސްކުރުމުގެ އެންމެހައި ކަންކަން ބެލެހެއްޓުން.
  • ޑިޕާޓްމަންޓުގެ މަސައްކަތްތަކުގައި އެހެން މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  • ޑިޕާޓްމަންޓާއި، ކުންފުނީގެ މަސައްކަތްތަކުގެ ތެރެއިން އެ މުވައްޒަފަކާ ހަވާލުކުރެވޭ މަސައްކަތްތައް ކުރަމުން ގެންދިއުން.

ވަޒީފާ އަށް އެންމެ ޤާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
  • މީގެ އިތުރުން، މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު ބެލެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ ސެޓުފިކެޓު އަދި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓް ކޮށްފައިވާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • އައިޑީ ކާޑުގެ ފޮޓޯކޮޕީ.
  • ޕާސްޕޯރޓް ސައިޒު ފޮޓޯއެއް.
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި:

މި މަގާމަށް އެދޭ ފަރާތްތަކުން، 2016 ފެބުރުވަރީ 16 ވަނަ ދުވަހުގެ 15:00 ގެ ކުރިން، މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށްޓަކައި 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

28 ރަބީޢުލްއާޚިރު 1437

07 ފެބުރުވަރީ 2016
ހޯދާ