މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ގދ. އަތޮޅު މަދަރުސާގެ 03 ބުރި އިމާރާތުގެ މަސައްކަތް- ފޭސް 2، ގދ. ހޯޑެއްދޫ ސްކޫލްގެ 05 ކްލާސްރޫމާއި ސުޕަވައިޒަރސް ރޫމުގެ މަސައްކަތް އަދި ގދ. ގައްދޫ މިސްކިތް ޢިމާރާތް ކުރުމުގެ މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. ތިރީގައިވާ ތާވަލުގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މަސައްކަތް

ވެރިފަރާތް

ޕްރޮޖެކްޓް ނަންބަރު

ބިޑް ސެކިއުރިޓީ އަދަދު

ގދ. އަތޮޅު މަދަރުސާގެ 03 ބުރި އިމާރާތުގެ މަސައްކަތް- ފޭސް 2

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

TES/2016/W-22

-/MVR45,000

ގދ. ހޯޑެއްދޫ ސްކޫލްގެ 05 ކްލާސްރޫމާއި ސުޕަވައިޒަރސް ރޫމުގެ މަސައްކަތް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

TES/2016/W-21

-/MVR20,000

ގދ. ގައްދޫ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

TES/2016/W-20

-/MVR35,000

2. ބީލަން ހުށަހަޅާއިރު ތާވަލުގައި ހިމެނޭ ހުރިހާ މަސައްކަތްތަކަށް އަގު ހުށަހަޅަންވާނެއެވެ.

3. މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ގްރޭޑްތަކުގެ ތެރެއިން ކޮންމެވެސް އެއް ގްރޭޑަކަށް ޝަރުޠު ހަމަވާ ފަރާތްތަކަށެވެ.

  GC01-2,GC01-1 އަދި GC01-3

4. މިބީލަމުގައި ބައިވެރިވުމަށް -/1500 (ފަނަރަ ސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 11 ފެބުރުވަރީ 2016 އިން 06 މާރިޗު 2016 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މި މިނިސްޓްރީންނެވެ. ބީލަންފޮތްތައް ސޮފްޓްކޮޕީ ފޯމެޓުގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

5. ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކާ ޚަލާޞް ކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) ބީލަމާއެކު ހުށަހަޅަންޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް ބަންދުނޫން 10 (ދިހައެއް) ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.

6. ޕްރޮޖެކްޓުގެ ބިޑްސެކިއުރިޓީ މަތީގައިވާ ތާވަލުގައިވާ އަދަދަށް ކޮންމެ މަސައްކަތަކަށް ވަކިން ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

7. މި ޕްރޮޖެކްޓުތަކުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 ފެބުރުވަރީ 21 ވާ އާދީއްތަ ދުވަހުގެ 11:00 ގައި، މި މިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2016 ފެބުރުވަރީ 23 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

8. ބީލަން ހުޅުވުން އޮންނާނީ 2016 މާރިޗު 07 ވާ ހޯމަ ދުވަހުގެ 11:00 ގައި މި މިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

9. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން: 3349191       3349106

ފެކްސް: 3320706       3324432

އީމެއިލް: [email protected]

ކޮޕީ: [email protected]

11 ފެބުރުވަރީ 2016
ހޯދާ