ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޗީފް އެގްޒަމިނަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ޗީފް އެގްޒަމިނަރ

މަޤާމުގެ ކްލެސިފިކޭޝަން: އެކެޑެމިކް (އެސެސްމަންޓް އެންޑް އިވެލުއޭޝަން)،  ސްޕައިން 45

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ މުއްދަތު: ދާއިމީ

މަހު އުޖޫރަ: އަސާސީ މުސާރަ: 14،957/05 ރުފިޔާ. އެލަވަންސް: 6،410/17 ރުފިޔާ

އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ތަޢުލީމީ ޝަރުޠުތައް:

ދަށްވެގެން އެމް. ކިޔޫ. އޭ. އިން ގަބޫލުކުރާ ލެވެލް 9 ގެ ސަނަދެއް، އެސެސްމަންޓް އެންޑް އިވެލުއޭޝަންގެ ދާއިރާއިން އޮތުން.

ތަޖުރިބާ:

- މަތީ ހަރުފަތްތަކުގައި މަދުވެގެން 5 އަހަރުދުވަހުގެ މަތީ ތަޢުލީމުގެ ދާއިރާއިން ތަޖުރިބާ ހުރުން. މަތީ ތަޢުލީމުގެ ދާއިރާގައި ތަޖުރިބާގެ މުއްދަތުގެ އަދަދުކުރުމުގައި ގުނާނީ، ފުލްޓައިމް ވަޒީފާތަކުގެ ތަޖުރިބާއެވެ.

- މާއްދާތަކުގެ އެސެސްމަންޓް ކްރައިޓީރިއާތައް އެކުލަވައިލައި، އޭގެ ސާމްޕަލް ލެކްޗަރަރއިންނަށް ތައްޔާރުކޮށްދިނުމުގެ ތަޖުރިބާ ލިބިފައިވުން.

- އިމްތިޙާނު ފޭޕަރުތަކާއި މާކިންގ ސްކީމްތައް ތައްޔާރުކުރުމުގެ ސްޓޭންޑަޑްތައް ކަނޑައަޅައި، މޮޑަރޭޓްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

- މާކުކޮށްފައި ހުންނަ އެސައިންމަންޓާއި އިމްތިޙާނު ޕޭޕެރުތައް މޮޑަރޭޓްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

- އިމްތިޙާނު ނިމުމުން، ނަތީޖާތައް އިވެލުއޭޓްކޮށް، އެކަޑެމިކް ޔުނިޓްތަކަށް ބޭނުންވާ އިރުޝާދުދިނުމުގެ ތަޖުރިބާ ލިބިފައިވުން.

- އިމްތިޙާނުތަކުގެ ޗީފް އެގްޒަމިނަރގެގޮތުގައި މަސައްކަތްކޮށްފައިވުން.

- އެކަޑެމިކް ކޮލިޓީ ހިފެހެއްޓުމަށް ސްޓޭންޑަޑްތައް ތައްޔާރުކުރުމާއި، ޓްރެއިނިންގތައް އެކުލަވައިލުމުގެ ތަޖުރިބާ ލިބިފައިވުން.

- އެކަޑެމިކް ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ކޯސް ނިންމިކަމުގެ ލިއުންތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ޞައްޙަކަމަށް ސޮއިކޮށް، ގުޅޭނެ ފޯނު ނަންބަރާއެކު)
  6. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ޔުނިވަރސިޓީގެ ރިސެޕްޝަނުން ލިބެން ހުންނާނެ)

ނޯޓް:

- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.

- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.

- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.

- އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަވިޔުކޮށް ނިމުމަށްފަހުގައެވެ.

- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.

- މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

ސިޓީ ފޮނުވަންވީ ތާރީޚު: 2016 ފެބުރުވަރީ 17 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.

އިތުރު މަޢުލޫމާތު: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3322718 ނަންބަރު ފޯނާއެވެ.

29 ރަބީޢުލްއާޚިރު 1437

08 ފެބުރުވަރީ 2016
ހޯދާ