ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ހދ.ކުޅުދުއްފުށި އަދި ށ.ފުނަދޫގައި އެއަރޕޯޓެއް ތަރައްޤީ ކުރުމަށް އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓެއް ހެދުމާބެހޭ

އިޢުލާން

ހދ.ކުޅުދުއްފުށި އަދި ށ.ފުނަދޫގައި އެއަރޕޯޓެއް ތަރައްޤީ ކުރުމަށް ބޭނުންވާތީ މި ދެ ރަށުގައި އެއަރޕޯޓެއް ހެދުމުގެ ކުރިން ތިމާވެށްޓަށް ކުރާނެ އަސަރު ދެނެގަތުމުގެ ގޮތުން ހަދަންޖެހޭ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ފެބުރުވަރީ 21 ވާ އާދީއްތަ ދުވަހުގެ 11:30 އަށް ރީޖަނަލް އެއަރޕޯޓްސް (11 ވަނަ ފަންގިފިލާ/ ވެލާނާގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ފެބުރުވަރީ 28 ވާ އާދީއްތަ ދުވަހުގެ 11:30 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެ ކަމުގައި ދެންނެވީމެވެ.  

02 ޖުމާދަލްއޫލާ 1437

 

11 ފެބުރުވަރީ 2016
ހޯދާ