މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ކޮންޓްރެކްޓް އުސޫލުން ޤާނޫނީ ލަފާ ދެއްވާނޭ ފަރާތެއް ހޯދުން

ވަޒީފާގެ ފުރުޞަތު

އިޢުލާން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ކޮންޓްރެކްޓް އުސޫލުން ޤާނޫނީ ލަފާ ދެއްވާނޭ ފަރާތެއް ހޯދުން

މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން

މަސައްކަތް ކުރަން ޖެހޭ ވަގުތު: މަހަކު 8 (އަށެއް) ގަޑިއިރު

މުއްދަތު: 1 (އެކެއް) އަހަރު

ކުރަންޖެހޭ މަސައްކަތް: 

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް އެކިއެކި ކަންކަމުގައި ބޭނުންވާ ޤާނޫނީ ލަފާ ދިނުމާއި ޤާނޫނީ ލިޔެކިޔުން ތައްޔާރުކުރުން އަދި ޝަރުޢީ ކޯޓުތަކުގައި ކޮމިޝަން ތަމްސީލުކުރަން ޖެހޭ ހާލަތްތަކުގައި އެ މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠު: 

  • ޤާނޫނީ ދާއިރާއިން ޑިގްރީ ހާސިލު ކޮށްފައިވުން،
  • ދިވެހި އަދި އިނގިރޭސި ބަހުން ފަސޭހަކަމާއެކު މުޢާމަލާތު ކުރަން އެނގުން،
  • ޤާނޫނީ ދާއިރާގައި މަސައްކަތް ކުރުމުގައި މަދުވެގެން 30 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން،
  • މަސައްކަތުގެ ހުނަރާއި ޤާބިލުކަން ކޮމިޝަންގެ އިންޓަރވިއު ޕެނަލްއަށް ސާބިތުކޮށްދިނުން.
  • ބްރޯޑްކާސްޓިންގ ދާއިރާގެ ޤާނޫނާއި ގަވައިދުތަކަށް އަހުލުވެރިވެ އަދި މިފަދަ ގަވާއިދުތަކާއި، ގައިޑްލައިންތައް ޑްރާފްޓް ކުރުމާއި، އަދި ބްރޯޑްކާސްޓިންގ ދާއިރާގެ ކަންކަމުގައި ޤާނޫނީ ލަފާ ދިނުމުގައި ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

އުޖޫރަ: ކޮންމެ މަހަކު -/5000 ރ  (ފަސް ހާސް ރުފިޔާ)

އިތުރުގަޑި: މަހަކު މަސައްކަތްކުރަން ހަމަޖެހިފައިވާ 8 (އަށެއް) ގަޑިއިރުގެ އިތުރަށް މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ހަމަޖެއްސޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި: 

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ވަޒީފާއަށް ހޮވިއްޖެނަމަ، ކޮމިޝަންގެ ވަޒީފާއަށް ވަގުތު ދިނުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ ބޭފުޅަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  4. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު: 25 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން

އެޑްރެސް އަދި  ގުޅޭނެ ނަންބަރު: 

   މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން

   ގ. ބިއްލޫރިޖެހިގެ (3ވަނަ ފަންގިފިލާ)

   މަޖީދީ މަގު، މާލެ،

   ދިވެހިރާއްޖެ

   ފޯން:  3334333

   ފެކްސް: 3334334

   އީމެއިލް: [email protected]

01 ޖުމާދަލްއޫލާ 1437

10 ފެބުރުވަރީ 2016
ހޯދާ