ހުރާ ސްކޫލް، ކ.ހުރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

-/7،035 ރުފިޔާ

ސަރވިސް އެލަވަންސް:

-/2،000 ރުފިޔާ

މަޤާމުގެ ރޭންކް:

އެމް. އެސް. 3

ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އޮތް އޮފީސް:

ކ. ހުރާ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ކ. ހުރާ ސްކޫލް

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ސަރުކާރުގެ  ފައިސާއާބެހޭ  އާންމު  ގަވާއިދުތަކާއި  ހަމަތަކުގެމަތިން  ސްކޫލަށް  ބޭނުންވާ  ހުރިހާ  ޚަރަދުތަކެއް  ކުރަމުން ގެންދެވޭގޮތް ބެލުމާއެކު، މި ޚަރަދުތައް ކުރެވޭ ގޮތާއި، ޚަރަދުތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.

2. އެ އަހަރަކަށް ހަމަޖެހިފައިވާ ބަޖެޓުން ޚަރަދުތައް ހަމަޖެއްސޭތޯ ބެލުމުގެގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރުން.

3. ސްކޫލުގެ ބަޖެޓަށް ބޭނުންވާ ފައިސާ ބަޖެޓަށް އިތުރުކުރުމުގެގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރުން.

4. ސްކޫލުގެ މުވައްޒަފުންނާއި ޓީޗަރުންނަށް މުސާރައާއި އެހެނިހެން ފައިސާ ދިނުމާ ގުޅޭގޮތުން ވެރިއެއްގެ ހައިސިއްޔަތުން ބަލަހައްޓަންޖެހޭ ކަންތައްތައް ބެލެހެއްޓުން.

5. ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުން.

6. ސްކޫލުގެ އިދާރީ ކަންކަމާ ގުޅޭ މަސައްކަތްތައް، ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ހިންގުމާއި، އެކަންކަން ހަރުދަނާކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުން.

7. ކިޔަވައިދިނުމާ ސީދާ ގުޅުމެއްނެތް އެންމެހައި މުވައްޒަފުންގެ މަސައްކަތް ބެލެހެއްޓުން.

8. ސްކޫލަށް ހޯދޭ މުދަލާއި ތަކެތީގެ އިންވެންޓްރީއާއި ސްޓޮކްގެ އެންމެހައި ކަންތައް ބެލެހެއްޓުން.

9. ސްކޫލުގެ އެންމެހައި އިމާރާތްތައް މަރާމާތުކުރުވުމާއި ބެލެހެއްޓުން.

10. ސްކޫލުގެ އެންމެހައި އިމާރާތްތަކާއި ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމުގެ އިމްތިޒާމްތައް ހަމަޖެއްސުން.

11. ސްކޫލުގެ އިމާރާތްތަކާއި ތަކެތި އެކިފަރާތްތަކަށް ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުވުން.

12. ސްކޫލުގެ އެންމެ އިސްވެރިޔާ ސްކޫލުގައި ނެތިއްޖެ ޙާލަތެއްގައި ސްކޫލުގެ ހިންގުމާއި ހަވާލުވެ، ސްކޫލް ހިންގުން.

އަސާސީ ޝަރުޠު:

1. އެކައުންޓިންގ/ ފައިނޭންސް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް/ ސްކޫލް މެނޭޖްމެންޓް/ކިޔަވައިދިނުމުގެ ދާއިރާ/ އިންފޮމޭޝަން ޓެކްނޮލޮޖީ/ ހިއުމަން ރިސޯސް މެނޭޖްމެންޓާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓިންގ/ ފައިނޭންސް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް/ސްކޫލް މެނޭޖްމެންޓް/ ކިޔަވައިދިނުމުގެ ދާއިރާ/ އިންފޮމޭޝަން ޓެކްނޮލޮޖީ/ ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއެއްގައި، 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އެކައުންޓިންގ/ ފައިނޭންސް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް/ ސްކޫލް މެނޭޖްމެންޓް/ ކިޔަވައިދިނުމުގެ ދާއިރާ/ އިންފޮމޭޝަން ޓެކްނޮލޮޖީ/ހިއުމަން ރިސޯސް މެނޭޖްމަންޓާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓިންގ/ ފައިނޭންސް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް/ސްކޫލް މެނޭޖްމެންޓް/ ކިޔަވައިދިނުމުގެ ދާއިރާ/ އިންފޮމޭޝަން ޓެކްނޮލޮޖީ/ ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއެއްގައި، 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. އެކައުންޓިންގ/ ފައިނޭންސް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް/ ސްކޫލްމެނޭޖްމެންޓް/ ކިޔަވައިދިނުމުގެ ދާއިރާ/ އިންފޮމޭޝަން ޓެކްނޮލޮޖީ/ހިއުމަން ރިސޯސް މެނޭޖްމަންޓާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓިންގ/ ފައިނޭންސް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް/ސްކޫލް މެނޭޖްމެންޓް/ ކިޔަވައިދިނުމުގެ ދާއިރާ/ އިންފޮމޭޝަން ޓެކްނޮލޮޖީ/ ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއެއްގައި، 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4. އެކައުންޓިންގ/ ފައިނޭންސް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް/ ސްކޫލްމެނޭޖްމެންޓް/ ކިޔަވައިދިނުމުގެ ދާއިރާ/ އިންފޮމޭޝަން ޓެކްނޮލޮޖީ/ހިއުމަން ރިސޯސް މެނޭޖްމަންޓާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

5. އެކައުންޓިން/ ފައިނޭންސް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް/ސްކޫލް މެނޭޖްމެންޓް/ކިޔަވައިދިނުމުގެ ދާއިރާ/ އިންފޮމޭޝަން ޓެކްނޮލޮޖީ/ހިއުމަން ރިސޯރސް މެނޭޖްމެންޓާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީސަނަދެއް ހާސިލުކޮށްފައިވުން. 

އިތުރު ޢިނާޔަތްތައް:

އިތުރުގަޑީގެ މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަން ކަށަވަރުކުރުމަ­ށް އިންޓަވިއުކޮށްގެން.

އިންޓަވިއު ކުރުން:

1. މި  މަޤާމަށް  މީހަކު  ހޮވުމަށް  ބޭއްވޭ  އިންޓަވިއު  އޮންނާނެ  ތާރީޚާއި  ތަން،  އިޢުލާނުގެ  މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

2. މި  ވަޒީފާއަށް  އެދިފައިވާ  ޝަރުޠު  ހަމަވާ  ފަރާތްތަކުގެ  އަދަދު  15 އަށްވުރެ  ގިނަނަމަ،  ތަޢުލީމާއި ތަމްރީނަށް ބަލައި، 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައި)

3. ލިޔަންކިޔަން ދަންނަކަން ބަޔާންކޮށްފައިވާ ލިޔުން ނުވަތަ ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ (ސެޓުފިކެޓުތަކުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. 

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

6. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

1. މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ކ. ހުރާ ސްކޫލުގެ އޮފީހަށެވެ.

2. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ފެބުރުވަރީ 15 ވާ ހޯމަ ދުވަހުގެ 12:00އެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ހުރާ ސްކޫލުގެ 6640177 ނަންބަރު ފޯނަށް، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.

25 ރަބީޢުއްއާޚިރު 1437 

04 ފެބުރުވަރީ 2016
ހޯދާ