ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް
ދިވެހިރާއްޖެ
ގުޅިފަޅުގެ ބިން ކުއްޔަށް ނަންގަވާފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމާބެހޭ

އިޢުލާން

ގުޅިފަޅުގެ ބިން ކުއްޔަށް ނަންގަވާފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމާބެހޭ

ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް (ޖީ.އައި.އެލް) އާއި ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމެންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ޖީ.ޕީ.ޑީ) އާ ދެމެދު ކުރެވިފައިވާ އެއްބަސްވުން ބާޠިލުކުރުމަށްފަހު 06 ފެބުރުވަރީ 2016 ވަނަ ދުވަހުން ފެށިގެން ގުޅިފަޅު ތަރައްޤީ ކުރުމާއި، ކުއްޔަށް ދިނުމާއި، ބެލެހެއްޓުން، އަދި ގުޅިފަޅާ ގުޅޭ އެހެނިހެން ހުރިހާ ކަމަކާ ހަވާލުވެފައިވަނީ ގުޅިފަޅު އިންވެސްޓްމަންޓުގެ ފަރާތުންނެވެ.

ވީމާ، ޖީ.ޕީ.ޑީ އިން ގުޅިފަޅު ބެލެހެއްޓުމުގެ މުއްދަތުގައި ގުޅިފަޅުން ބިން ކުއްޔަށް ނަންގަވާފައިވާ ފަރާތެއްވާނަމަ، 18 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މިކުންފުންޏަށް އަންގަވައިދެއްވުން އެދެމެވެ. 

މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރުގެ 3016630 ފޯނާ ގުޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނީ ތިރީގައިވާ މިއޮފީހުގެ އެޑްރެހަށެވެ.

ގުޅިފަޅު އިންވެސްޓްމަންޓްސް ލިމިޓެޑް

ދެވަނަ ފަންގިފިލާ، ހ.އާގަދަގެ

ބޮޑުތަކުރުފާނު މަގު،

މާލެ.

11 ފެބުރުވަރީ 2016
ހޯދާ