ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު:

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ނަން: ސައިޓް ސުޕަވައިޒަރ

މުސާރަ: -/12،500 ރުފިޔާ

ފުޑް އެލަވަންސް: -/1،050 ރުފިޔާ

ލިވިންގް އެލަވަންސް: -/1،500 ރުފިޔާ

އެޓެންޑްސް އެލަވަންސް: ދުވާލަކަށް -/20 ރުފިޔާ

ބޭނުންވާ އަދަދު:1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން:  ގުޅިފަޅު ސައިޓް

މަޤާމުގެ ޝަރުޠު: 

  • މީހުން ބެލެހެއްޓުމާއި، ސައިޓް ސުޕަވައިޒްކުރުމާ ގުޅޭ ތަޖުރިބާ ލިބިފައިވުން.
  • މަސައްކަތް ކުރެވޭވަރުގެ ސިޢްޙަތެއްގައި ހުރި މީހެއްކަމުގައިވުން.
  • ޝިފްޓް ޑިއުޓީގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން.
  • ސައިޓުގައި ގިނަ ވަގުތު ހޭދަކުރެވޭނޭ މީހެއްކަމުގައިވުން.

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ސައިޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ރާވައި ހިންގުން.
  • ސައިޓުގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.
  • ސައިޓުގެ ސޭފްޓީއާއި ސެކިއުރިޓީ ބެލެހެއްޓުމަށްޓަކައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް މުވައްޒަފުން ޢަމަލުކުރޭތޯ ބެލުން.
  • ސައިޓަށް އަރާ ފައިބާ މީހުން މޮނިޓަރކުރުމަށްޓަކައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތްކުރޭތޯ ބެލުން.
  • ސައިޓުގެ ސާފުތާހިރުކަން ޔަގީންކުރުމަށްޓަކައި އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް މުވައްޒަފުން މަސައްކަތްކުރޭތޯ ބެލުން.

މަޤާމުގެ ނަން: ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ

މުސާރަ: -/10،400 ރުފިޔާ

ފުޑް އެލަވަންސް: -/1،050 ރުފިޔާ

ލިވިންގް އެލަވަންސް: -/1،500 ރުފިޔާ

އެޓެންޑްސް އެލަވަންސް: ދުވާލަކަށް -/20 ރުފިޔާ

ބޭނުންވާ އަދަދު:1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:  ގުޅިފަޅު އިންވެސްޓްމެންޓް ލިމިޓެޑް، މާލޭ އޮފީސް

މަޤާމުގެ ޝަރުޠު: 

  • ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ފެންވަރުގެ ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއަކުން ހިއުމަން ރިސޯސްގެ ދާއިރާއިން ނުވަތ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ  ދާއިރާއިން  ބެޗްލަރ  ޑިގްރީ  ސެޓްފިކެޓް  ހާސިލުކޮށްފައިވުން  ނުވަތަ  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ، މަޤާމާ ގުޅޭ ދާއިރާއެއްގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.
  • ހިއުމަން ރިސޯސްއާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާއެއް ލިބިފައިވުން.

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ކުންފުނީގެ ސްޓާފުންގެ ތަމުރީން ބޭނުންވާ ދާއިރާތައް ފާހަގަކޮށް، ޓްރެއިނިންގ ރިކުމެންޓް ތައްޔާރުކުރުމާއި، މުވައްޒަފުން ތަމްރީނުކުރުމަށް ހިންގަންޖެހޭ ޕްރޮގްރާމްތަކާ ގުޅޭ އެންމެހައި އިދާރީ މަސައްކަތް ކުރުން.
  • ކުންފުނީގެ މުވައްޒަފުންގެ ފެންވަރު ބެލުމާއި، ހާޒިރީއާއި، އެންމެހައި މަސައްކަތްކުރުން.
  • ކުންފުންޏަށް ބޭނުންވާ މުވައްޒަފުން ކުންފުންނަށް ވެއްދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް، ކުންފުނީގެ އުސޫލާއެކު ގަޑިއަށް ކުރިޔަށް ގެންދިޔުން.
  • ހިއުމަން ރިސޯސަސް ނުވަތަ ވަޒީފާއާ ގުޅޭ މަސައްކަތާ ގުޅޭގޮތުން ސްޓާފުންނަށާއި ސުޕަވައިޒަރަށް ބޭނުންވާ މަޢުލޫމާތާއި އެހެނިހެން އެހީ ފޯރުކޮށްދިނުން.
  • ރަސްމީ މަސައްކަތާ ގުޅޭގޮތޫން ހަވާލުކުރެވޭ އެހެނިހެން މަސައްކަތް ކުރުން.

ސުންގަޑި: 

2016 ފެބުރުވަރީ 18 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން. (އޮފީސް ހުޅުވިފައި ހުންނާނީ، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 16:00 އަށެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ސިޓީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ލިޔުން.

ހުށަހަޅަންވީ ތަން: ހ. އާގަދަގޭ ދެވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.

އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3016630 ނަންބަރު ފޯނަށެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

2 ޖުމާދަލްއޫލާ 1437

11 ފެބުރުވަރީ 2016
ހޯދާ