ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއަރކޮންޑިޝަން ހޯދުމާބެހޭ

އިޢުލާން

އެއަރކޮންޑިޝަން ހޯދުމާބެހޭ

މިކައުންސިލްގެ ބޭނުމަށް އެއަރކޮންޑިޝަން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި ނަންބަރު IUL)382/382/2016/4)ފ(17 ޖަނަވަރީ 2016) އިޢުލާނުން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރީމެވެ.

ވީމާ، މިކަމަށް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ 13:00އަށް ބުރުނީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ފެބުރުވަރީ 2016 ވާ އަންގާރަ ދުވަހުގެ 13:00 އަށް ބުރުނީ ކައުންސިލްގެ އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީހިސާބު ހުށަހަޅާ މަސައްކަތުގެ ނަމާއި ހުށަހަޅާ ފަރާތުގެ ނަން އޮންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަދި ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ މަޢުލޫމާތު ސާފުކުރާ ފަރާތުގެ ސިޓީއެއް އޮންނަންވާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 ރަބީޢުލްއާޚިރު 1437

04 ފެބުރުވަރީ 2016
ހޯދާ