ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ރަޖިސްޓްރަރ

އިޢުލާން

ރަޖިސްޓްރަރކަމުގެ ވަޒީފާގެ ފުރުޞަތު:

މަޤާމް:       

ރަޖިސްޓްރަރ

ކޯޓް:

ހައިކޯޓު

މުސާރައާއި ޢިނާޔަތްތައް

އަސާސީ މުސާރަ:

-/14،400 ރުފިޔާ

ސަރވިސް އެލަވަންސް:              

-/3،000 ރުފިޔާ

ލިވިންގ އެލަވަންސް:

-/2،850 ރުފިޔާ

ޖުޑީޝަލް އެލަވަންސް:

-/8،640 ރުފިޔާ

މަޤާމުގެ  ޝަރުޠު:

  1. މުސްލިމަކުކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކުކަމުގައިވުން.
  2. ބުއްދިހަމައަށް ހުރި މީހަކުކަމުގައިވުން.
  3. ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން.
  4. ސިޔާސީ ޕާޓީއެއްގެ މެންބަރަކުކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި  ހަރަކާތްތެރިވާ މީހަކުކަމުގައި ނުވުން.
  5. އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.
  6. ޤާނޫނުލް ޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި، ވޭތުވެދިޔަ 7 އަހަރުދުވަހުގެ ތެރޭގައި އެ ޙުކުމް ތަންފީޒުކޮށް ނިމިފައިވާ މީހަކުކަމުގައި ނުވުން.
  7. އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުން.

އުމުރު:

އުމުރުން ފަންސަވީސް އަހަރު ފުރިފައިވާ މީހަކުކަމުގައިވުން.

ތަޢުލީމް:

އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު، ނުވަތަ ޤާނޫނާއި އިސްލާމީ ޝަރިޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.

ތަޖުރިބާ:

ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެކަމުގައި މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު        

މަސްއޫލިއްޔަތު:

  1. ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ބަލައިގަތުން.
  2. ހައިކޯޓަށް  ހުށަހެޅޭ  މައްސަލަތަކާއި  ލިޔެކިޔުންތައް  ހުށަހެޅިފައިވަނީ  ހައިކޯޓުގެ  ޤަވާޢިދާ  އެއްގޮތަށްތޯ  ކަށަވަރުކުރުން. މިގޮތުން  ބަލައި  ބެލުމުން،  ކޯޓަށް  ހުށަހެޅިފައިވާ  މައްސަލައަކީ  ނުވަތަ  ލިޔެކިޔުމަކީ  އެ  ޤަވާޢިދާ  ޚިލާފަށް ހުށަހެޅިފައިވާ  މައްސަލައެއްނަމަ،  އެ  މައްސަލައެއް  ނުވަތަ  ލިޔުމެއް،  އެ  ގަވާއިދާ  އެއްގޮތަށް  އިޞްލާޙުކުރުމަށް އެންގުމުގެ ނުވަތަ އެ މައްސަލައެއް ނުވަތަ ލިޔުމެއް ބަލައިނުގަތުމުގެ އިޚްތިޔާރު ރަޖިސްޓްރަރއަށް ލިބިގެންވެއެވެ.
  3. ބަލައިނުގަނެވޭ ބާވަތުގެ މައްސަލަތަކުގައި، ސަބަބު ބަޔާންކޮށްފައި ލިޔުމުން ޖަވާބު ދީ، އެޖަވާބު ދެވުނު ސަބަބު، މައްސަލަ ހުށަހެޅި ފަރާތަށް އިތުރަށް ސާފުކޮށްދިނުން.
  4. ރަޖިސްޓްރޭޝަން ފީ ދެއްކުމަށް ލިޔުމުން އެންގުން.
  5. ހައިކޯޓުގެ ފުރަތަމަ މަރުޙަލާގެ ރަޖިސްޓްރީއާއި މައްސަލަތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން.
  6. ހައިކޯޓުގެ ކަލަންޑަރު ތައްޔާރުކުރުމާއި ޝާއިޢުކުރުން.
  7. ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ދެ ޚަޞްމުންކުރެ ޚަޞްމެއްގެ އެދެމުގެމަތިން، އެފަރާތުގެ ވަކީލު ބަދަލުކުރުމުގެ ކަންތައް ހަމަޖެއްސުން.
  8. މަދަނީ މައްސަލަތަކުގައި ހިމެނޭ ފަރާތެއްގެ ބަދަލުގައި އަންނަ ފަރާތެއް ބަދަލުކުރުމުގެ ކަންތައް ހަމަޖެއްސުން.
  9. ހައިކޯޓަށް ހުށަހެޅި ސެކްޝަންތަކަށް ފޮނުވިފައިނުވާ މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކާ މުޢާމަލާތްކުރުން.
  10. ހައިކޯޓުގެ ޤަވާއިދު ކަނޑައަޅާ އުސޫލަކުން ދިވެހި ކޮންމެ ފަރުދަކަށްވެސް ހައިކޯޓުގެ ޚިދުމަތް ހަމަހަމަކަމާއެކު ބޭނުންކުރެވޭނެ ގޮތްތައް ޒަމާނީ ވަޞީލަތްތަކުގެ ބޭނުންކޮށްގެން ހަމަޖައްސައިދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  11. ސެކްޝަނުގެ އެންޓްރީ ބަލައިގަތުމާއި، ފިޔަވަޅު އެޅުން. މިގޮތުން، ސެކްޝަނަށް ލިބޭ ލިއުންތަކާއި، ޖަވާބުދެވުނު ލިއުންތަކާއި ޖަވާބުނުދެވިހުރި ލިއުންތަކުގެ މަޢުލޫމާތު ހިމެނޭގޮތުން ޝީޓެއް ތައްޔާރުކޮށް އިސްފަނޑިޔާރަށް ހުށަހެޅުން.
  12. ސެކްޝަނުން ކުރީދުވަހު ކުރެވުނު ކަންތައްތަކުގެ މައްޗަށް ބިނާކޮށް ޔައުމިއްޔާ ލިއުން.
  13. ފައިލިން ސިސްޓަމާއި، ސެކްޝަނުގެ މަސައްކަތްތަކުގެ ރެކޯޑް ބެލެހެއްޓުން.
  14. މައްސަލަތަކާ ގުޅިގެން ހައިކޯޓަށް ހުށަހަޅާ ރަޖިސްޓްރޭޝަނުން ޖަވާބުދޭންޖެހޭ ސިޓީތަކަށް އިސްފަނޑިޔާރުގެ އިރުޝާދުގެދަށުން ޖަވާބު ތައްޔާރުކުރުން.
  15. ސެކްޝަނުގެ މަސައްކަތާ ގުޅިގެން ސެކްޝަންތަކުން ގެންނަ ލިޔުންތަކުގައި ސޮއިކުރުން.
  16. ވަކީލުންގެ ދަފުތަރެއް ހަދައި، ހައިކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ ތައްޔާރުކުރުމާއި، އެ ދަފުތަރު ބެލެހެއްޓުން.
  17. ރަޖިސްޓްރޭޝަނުގެ ދަށުގައިވާ ސެކްޝަންތަކުގެ މަސައްކަތްތަކާ ގުޅިގެން އިރުޝާދުދީ އެހީތެރިވުން.
  18. ހައިކޯޓުގެ ނިންމުންތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން.
  19. ހައިކޯޓުން ކަނޑައަޅާގޮތެއްގެމަތީން މައްސަލަތަކުގެ އިބްތިދާޢީ ބައްދަލުވުން ބޭއްވުން.
  20. ރަޖިސްޓްރޭޝަނުގެ އިސްވެ ބަޔާންކުރެވުނު މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކުރުން.

ރަޖިސްޓްރާގެ މަޤާމަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރުބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (އަސްލާ އެއްގޮތްކަމަށް ސަކުރާރުގެ އޮފީހަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ލޯ ފާމަކުން ތައްގަނޑުޖަހާފައިވާ އަސްލު)

2. ވަނަވަރު.

3. ވަނަވަރުގައި، ޤާނޫނީ މަސައްކަތް ކުރަންޖެހޭ ވަޒީފާއެއް އަދާކޮށްފައިވާކަމަށް ބަޔާންކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާއި، އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ސަޕޯޓިންގ ޑޮކިއުމެންޓް.

4. ޝަރުޢީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދައިގެ ކޮޕީ.

5. ޤާނޫނީ  ވަކީލެއްގެ  ގޮތުގައި  ކޯޓުތަކުގައި  ވަކާލާތުކޮށްފައިވާކަން  ނުވަތަ  ކުރަމުންގެންދާކަން  އެނގޭނެ  ކޯޓުގެ  ރަސްމީ ލިޔުމެއް (މި ލިޔުމުގައި، އެ ކޯޓެއްގައި އެމީހަކު ޕްރެކްޓިސްކޮށްފައިވާ މުއްދަތު އެނގެން އޮންނަންވާނެއެވެ.) ނުވަތަ؛

6. ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި ލީގަލް މަޤާމެއްގައި މަސައްކަތްކޮށްފައިވާނަމަ، މަސައްކަތްކޮށްފައިވާ މުއްދަތާއި، ކުރި މަސައްކަތުގެ ތަފްސީލް އެނގޭނޭގޮތަށް އެ މުއައްސަސާއަކުން ދީފައިވާ ރަސްމީ ލިޔުމެއް. ނުވަތަ؛

7. ރަޖިސްޓްރީކޮށްފައިވާ  ލޯ  ފާމެއްގައި  ޤާނޫނީ   ވަކީލެއްގެގޮތުގައި  މަސައްކަތްކޮށްފައިވާނަމަ،  މަސައްކަތްކޮށްފައިވާ  މުއްދަތާއި، އެ މަސައްކަތުގެ ތަފްސީލް އެނގޭނޭގޮތަށް އެ ލޯ ފާމަކުން ދީފައިވާ ރަސްމީ ލިޔުމެއް.

8. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯޯ.

9. އައިޑީކާޑުގެ ކޮޕީ.

10. ރަޖިސްޓްރާރކަމަށް ކުރުމަތިލާ ފަރާތަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫންކަން އެނގޭނޭ އިލެކްޝަންސް ކޮމިޝަންގެ ލިޔުން.

11. ރާއްޖެއިން ނުވަތަ ރާއްޖެއިންބޭރުގައި ތަޢުލީމު ހާސިލުކުރުމުގެ ސަބަބުން ނުވަތަ އެނޫންވެސް ގޮތަކުން ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް ޢިދާރާއަކާއެކު ވަކިމުއްދަތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއްވާނަމަ، ބޮންޑުން ދޫކުރާނެކަމުގެ ލިޔުން.

ސުންގަޑި:

2016 ފެބުރުވަރީ 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ދިވެހިރާއްޖޭގެ ހައިކޯޓަށް (ތީމުގެ، އާބުރުޒު ހިނގުން) ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

- ވަޒީފާއަށް  އެދި  ފުރިހަމަކުރަންޖެހޭ  ފޯމު،  ހައިކޯޓުގެ  ކައުންޓަރުން  ލިބެން  ހުންނާނެއެވެ. އަދި  ހައިކޯޓުގެ  ވެބްސައިޓުން (www. highcourt.gov.mv ން) މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.

- އިތުރު މަޢުލޫމާތު ހޯދުމަށް 3325029 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

- ރަޖިސްޓްރަރގެ މައްސޫލިއްޔަތުތައް ހައިކޯޓުގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.

25 ރަބީޢުލްއާޚިރު 1437
04 ފެބުރުވަރީ 2016
ހޯދާ