މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުމާ ބެހޭ

އިޢުލާން

ޖަމާލުއްދީން ސްކޫލް ބާ ޢިމާރާތުގެ (ޖީ ބްލޮކް) ގެ ސެކިއުރިޓީ 01 (އެއް) މަސްދުވަހަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު IUL)138-AS6/1/2016/18) ނަންބަރު އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ފެބުރުވަރީ 16 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ފެބުރުވަރީ 21 ވަނަ ދުވަހުގެ މެންދުރުފަހުގެ 01:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.  

02 ޖުމާދަލްއޫލާ 1437

11 ފެބުރުވަރީ 2016
ހޯދާ