މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
1437 ވަނަ އަހަރުގެ މާރިޗުމަހުގެ ޢުމްރާ ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭނެ މީހުން ހޯދުން

އިޢުލާނު

 ވަޒީފާގެ ފުރުޞަތު:

މި ކޯޕަރޭޝަނުގެ ފަރާތުން 1437 ވަނަ އަހަރުގެ މާރިޗުމަހު ކުރާ ޢުމްރާ ދަތުރުގައި ހިލޭސާބަހަށް މަސައްކަތްކޮށްދޭން، ތިރީގައިވާ މަޤާމްތަކަށް މީހުން ބޭނުންވެއެވެ.

މަޤާމު:

ޑޮކްޓަރު

ބޭނުންވާ އަދަދު:

1 (އެކެއް)

ފެންވަރު ނުވަތަ ޝަރުޠު:

- މޯލްޑިވްސް މެޑިކަލް ކައުންސިލުގައި ރަޖިސްޓްރީވެފައިވާ ފަރާތެއްކަމުގައިވުން.      

- މައްކާއާއި މަދީނާގައި އުޅޭއިރު، ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް، ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ޤާބިލުކަން ހުރުން.

- އަންހެނެއްނަމަ، 45 އަހަރުން މަތީގެ މީހެއްކަމުގައިވުން.

- ޢަރަބިބަހުން ނުވަތަ އިނގިރޭސިބަހުން މުޢާމަލާތުކުރަން އެނގޭ މީހަކުކަމުގައިވުން.

- ދިވެހިރާއްޖެއިން  ޙައްޖާއި  ޢުމްރާއަށް  މީހުން  ގެންގޮސް  ހަދާފައިވާ  ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙާޖީންނަށް ޞިއްޙީ ފަރުވާ ދިނުމުގެ މަސައްކަތް، މަދުވެގެން 1 އަހަރުދުވަހު ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

- ޙާޖީންނަށް ދިމާވާ ޞިއްޙީ ކަންތައްތައް ބެލުމާއި، ފަރުވާދޭންޖެހޭ ބަލިމީހުނަށް ފަރުވާދިނުމާއި، ޞިއްޙީ އިރުޝާދު ދިނުން.

- މައްކާއާއި މަދީނާގައި އުޅޭއިރު، ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް، ކުރަންޖެހޭ ކަންކަން ކުރުން.

- ޢުމްރާ ދަތުރުގައި ޞިއްޙީގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން އިންތިޒާމުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން.

ޑޮކްޓަރުގެ މަޤާމަށް މީހަކު ނުލިބިއްޖެނަމަ، ޞިއްޙީ އެހީތެރިޔާގެ މަޤާމަށް ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމު:

ޞިއްޙީ އެހީތެރިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

ފެންވަރު ނުވަތަ ޝަރުޠު

- މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓްރީވެފައިވާ ފަރާތެއްކަމުގައިވުން.

- މައްކާއާއި މަދީނާގައި އުޅޭއިރު، ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް، ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ޤާބިލުކަން ހުރުން.

- އިނގިރޭސި، ޢަރަބި، ނުވަތަ އުރުދޫ، މިއިން ކޮންމެވެސް ބަހަކުން މުޢާމަލާތުކުރަން އެނގޭ މީހަކުކަމުގައިވުން.

- ދިވެހިރާއްޖެއިން ޙައްޖާއި ޢުމްރާއަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙާޖީންނަށް ޞިއްޙީ ފަރުވާދިނުމުގެ މަސައްކަތް، މަދުވެގެން 1 އަހަރުދުވަހު ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

- މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް، ކުރަންޖެހޭ ކަންތައްތައް  ޑޮކްޓަރުގެ އިރުޝާދުގެދަށުން ކުރުން.

- ޢުމްރާ ދަތުރުގައި ޞިއްޙީގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންތައްތައް އިންތިޒާމްކުރުމުގެ މަސައްކަތުގައި ބައިވެރިވުން.

މަޤާމު:

ކައްކާ

ބޭނުންވާ އަދަދު:

1 (އެކެއް)

 

 

ފެންވަރު ނުވަތަ ޝަރުޠު:

- މައްކާއާއި، މަދީނާއާއި، މިނާގައި ދިވެހި ޙާޖީންނަށް ކައްކައި ކާންދިނުމުގެ 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކުކަމުގައިވުން.

- ދިވެހީންނަށް ކަމުދާގޮތަށް ދިވެހި ކެއްކުންތަކާއި، މިޒަމާނުގައި އާންމުކޮށް ބޭނުންކޮށްއުޅޭ ކާނާގެ ބާވަތްތައް ތައްޔާރުކުރަން އެނގޭ މީހަކުކަމުގައިވުން.

- ކެއްކުމުގެ ހުނަރު ލިބިފައިވުމާއެކު، ގިނަ އަދަދެއްގެ ބަޔަކަށް ކައްކާ ކާންދިނުމުގެ ތަޖުރިބާ ލިބިފައިވުން.

ގިނަވަގުތު މަސައްކަތުގައި އުޅެވޭ، ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

- ކާ ގަޑިތަކުގެ އިންތިޒާމް އެކަށީގެންވާގޮތެއްގައި ކުރިޔަށްގެންދިޔުމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުން.

- ބަދިގޭގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

-ކައްކާ ކާންދިނުމުގެ ޚިދުމަތްދިނުން.

- ކެއްކުމަށް ބޭނުންވާ ތަކެތި ހޯދުމަށް ބާޒާރުކުރުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

- މަޤާމަށްއެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާއެކު)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ) ކޮޕީ.

- މީގެ ކުރީން ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސްފައިވާނަމަ، އެކަން އަންގައިދޭ ލިޔުމެއް.

ސުން ގަޑި:

2016 ފެބުރުވަރީ 18 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުން އެދެމެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސްކުރާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

އަމީނީމަގު، 20379

މާލެ، ދިވެހިރާއްޖެ

29 ރަބީޢުލްއާޚިރު 1437

08 ފެބުރުވަރީ 2016
ހޯދާ