ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޙާފިޡުންގެ ދަފުތަރެއް އެކުލަވައިލުމާ ގުޅޭ

އިޢުލާން

ޙާފިޡުންގެ ދަފުތަރެއް އެކުލަވައިލުމާ ގުޅޭ 

ކީރިތި ޤުރްއާނާއި މާތް ރަސޫލާގެ ސުންނަތާ ބެހޭ އެންމެހައި ކަންތައްތައް ކުރުމަކީ މި މަރުކަޒުގެ މަސައްކަތަކަށް ވާތީ، ރާއްޖޭގެ ޙާފިޡުންގެ ދަފުތަރެއް އެކުލަވައިލުމުގެ މަސައްކަތް މި މަރުކަޒުން ފަށަން ގަސްތު ކުރާ ވާހަކަ ދަންނަވަމެވެ. ރާއްޖޭގެ ޙާފިޡުންގެ ދަފުތަރުގައި ރަޖިސްޓަރީކޮށް ދިނުމަށް ހަމަޖެހިފައިވަނީ މި އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ޙާފިޡުންނާއި ޙާފިޡާއިންނެވެ.

1- ދިވެހިރާއްޖޭގެ ރައްޔިތަކު ކަމުގައިވުން.

2- ޙާފިޡު ކަމުގެ ސަނަދު ލިބިފައިވުން.

3- މަރުކަޒުން ބާއްވާ ޤުރްއާން ކިޔެވުމުގެ ޝަފަވީ އިމްތިޙާނަކުން ފާސްވުން.

ވީމާ، މި ދަފުތަރުގައި ރަޖިސްޓަރީ ކުރައްވަން އެދިވަޑައިގަންނަވާ ފަރާތްތަކަށް ދޫކުރާ ފޯމު 2016 ފެބުރުވަރީ 28 ވާ އާދީއްތަ ދުވަހުން ފެށިގެން މި މަރުކަޒުން ދޫކުރަމުން ގެންދާނެއެވެ. ދަފުތަރުގައި ރަޖިސްޓަރީވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 އޭޕްރީލް 09 ވަނަ ދުވަހުގެ 13.30 ގެ ކުރިން ފޯމު ފުރުއްވުމަށްފަހު ލިބިވަޑައިގެންފައިވާ ޙާފިޡު ކަމުގެ ސަނަދުގެ ކޮޕީއަކާއެކު މި މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.

30  ރަބީޢުލްއާޚިރު 1437

09 ފެބުރުވަރީ 2016
ހޯދާ