މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

 

މަޤާމު:                  އެސިސްޓަންޓް އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު:             01

ވަޒީފާގެ ބާވަތް:             ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު) 

ޑިޕާޓްމަންޓް:               ފައިނޭންސް ޑިޕާޓްމަންޓް

އަސާސީ މުސާރަ:           -/5500 ރުފިޔާ.

ސަރވިސް އެލަވަންސް:        -/1000 ރުފިޔާ.

އެޑިއުކޭޝަނަލް އެލަވަންސް:      ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40  

އެހެނިހެން އެލަވަންސް/އިނާޔަތް:    ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:      ފައިނޭންސް ޑިޕާޓްމަންޓް

ޝަރުޠު:                

އޭލެވެލް އިން އެކައުންޓްސްއިން ފާސްވެފައިވުން.

މައިކްރޮސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.

މަލްޓި ޓާސްކިންގ ކުރުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

އިނގިރޭސިއާއި ދިވެހިބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއި ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.      

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ޑިޕާޓްމަންޓްގެ އެކައުންޓްސް ރެކޯރޑްސްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން، މިކަމާއިބެހޭ ރިޕޯޓުތައް ތައްޔާރުކުރުން.

 

މަޤާމު:                   އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:              01

ވަޒީފާގެ ބާވަތް:              ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ  މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު) 

ޑިޕާޓްމަންޓް:               ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން – އެޑްމިން ސެކްޝަން

އަސާސީ މުސާރަ:             -/5500 ރުފިޔާ.

ސަރވިސް އެލަވަންސް:          -/1000 ރުފިޔާ.

އެހެނިހެން އެލަވަންސް/އިނާޔަތް :    ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:       އެޑްމިން ސެކްޝަން

ޝަރުޠު:                 

ޑިޕްލޮމާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކޮށްފައިވުން.

ނުވަތަ އޭލެވެލް ބިޒްނަސް ސްޓްރީމް ފާސްވެފައިވުމާއި އެކު 2-1 އަހަރުދުވަހު ގެ ތަޖުރިބާލިބިފައިވުން

އިގިރޭސި އަދި ދިވެހިބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން

މައިކްރޯސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފީސް ޕެކޭޖްތަކަށް ފަރިތަވުން

އޮފީސް މަސައްކަތް ކުރުމުގެ ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިއުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން

މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއި ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:    ޑިޕާޓްމަންޓްގެ އެންމެހައި އިދާރީ މަސައްކަތްކުރުން އަދި މިކަންކަމުގެ ލިއެކިއުން ބެލެހެއްޓުމާއި ރިޕޯޓު ތައްޔާރުކުރުން.

 

މަޤާމު:                  ރިސެޕްޝަނިސްޓް

ބޭނުންވާ އަދަދު:             01

ވަޒީފާގެ ބާވަތް:              ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު

ޑިޕާޓްމަންޓް:               ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން – އެޑްމިން ސެކްޝަން

އަސާސީ މުސާރަ:            -/5500 ރުފިޔާ.

 ސަރވިސް އެލަވަންސް:        -/1000 ރުފިޔާ.

އެހެނިހެން އެލަވަންސް/އިނާޔަތް:    ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާ / އެޑިއުކޭޝަނަލް އެލަވަންސް/ ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.                     

މަސައްކަތް ކުރަންޖެހޭ ތަން:      އެޑްމިން ސެކްޝަން / އެމް.ޓީ.ސީ.ސީ ޓަވަރ

ޝަރުޠު:

ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ލެވެލް 4 ގެ ސަނަދެއް ފުރިހަމަކޮށްފައިވުން ނުވަތަ އޭލެވެލް ބިޒްނަސް ސްޓްރީމްއިން  ފާސްވެފައިވުމާއި އެކު 2-1 އަހަރުދުވަހު ގެ ތަޖުރިބާލިބިފައިވުން.

ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ލެވެލް 3،4،5 ފުރިހަމަކޮށްފައިވާ ފަރާތްތަކަށާއި މި މަސައްކަތްކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.

އިގިރޭސި އަދި ދިވެހިބަހުން މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

މައިކްރޮސޮފްޓް އެކްސެލް އަދި އޮފިސް ޕެކޭޖްތަކަށް ފަރިތަވުން.

އޮފީސް މަސައްކަތް ކުރުމުގެ ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއި ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.      

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:  އިންކަމިން ޑޮކިއުމަންޓްތައް ހަވަލުވުމާއި ފޮނުވަންޖެހޭ ޑިޕާޓްމަންޓަށް ފޮނުވުން. ސެކްޝަނަށް އަންނަ ފޯންކޯލުތަކަށް ޖަވާބުދާރީވުމާއި ކަމާބެހޭ އެހެން ޑިޕާޓްމަންޓްތަކަށް ޕާސްކުރުން. ކައުންޓަރަށް އަންނަ ދިވެހި އަދި ބިދޭސީ މުވައްޒަފުންނަށް މައުލޫމާތުދިނުން. ހުރިހާ ޑޮކިއުމެންޓްތައް ޗެކްކޮށް ހަވާލުވުން. ޕީއޯ އަދި އިންވޮއިސްތައް އެންޓަރ ކުރުން.

 

މަޤާމު:                   އެސިސްޓަންޓް އެޗް.އާރު އޮފިސަރ

ބޭނުންވާ އަދަދު:              01

ވަޒީފާގެ ބާވަތް:              ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް  ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު

ޑިޕާޓްމަންޓް:                ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން – އެޗް.އާރު ސެކްޝަން

އަސާސީ މުސާރަ:             -/5500 ރުފިޔާ.

 ސަރވިސް އެލަވަންސް:         -/1000 ރުފިޔާ.

އެހެނިހެން އެލަވަންސް/އިނާޔަތް:     ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާ / އެޑިއުކޭޝަނަލް އެލަވަންސް/ ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.                     

މަސައްކަތް ކުރަންޖެހޭ ތަން:       ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން / އެމް.ޓީ.ސީ.ސީ ޓަވަރ

ޝަރުޠު:                  

ޑިޕްލޮމާ އިން އެޗްއާރު، ނުވަރަ ބިޒްނަސް އެޑްމިނިސްޓްރޭޝަން  ފުރިހަމަ ކޮށްފައިވުން.

ނުވަތަ އޭލެވެލް ބިޒްނަސް ސްޓްރީމް ފާސްވެފައިވުމާއި އެކު 2-1 އަހަރުދުވަހު ގެ ތަޖުރިބާލިބިފައިވުން

މި މަސައްކަތްކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.

އިގިރޭސީ އަދި ދިވެހިބަހުން މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

މައިކްރޮސޮފްޓް އެކްސެލް އަދި އޮފިސް ޕެކޭޖްތަކަށް ފަރިތަވުން.

އޮފީސް މަސައްކަތް ކުރުމުގެ ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

ސައިކަލް ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއި ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.      

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:  ކުންފުނީގެ ދިވެހި އަދި ބިދޭސީ މުވައްޒަފުންނާއި ގުޅުންހުރި އެންމެހައި އިދާރީ މަސައްކަތްކުރުމާއި އަދި މިކަންކަމުގެ ލިއެކިއުން ބެލެހެއްޓުމާއި ރިޕޯޓު ތައްޔާރުކުރުން. މުވައްޒަފުންގެ ހެލްތު އިންޝުއަރެންސްގެ އެންމެހައި މަސައްކަތްކުރުމާއި، ވާރކް ވިސާގެ މަސައްކަތްތަކާއި، ވަޒިފާގެ އިންޓަވިއުތައް ރޭވުމުގައި އެހީތެރިވެދިނުން.

 

މަޤާމު:                     އޮޕަރޭޓަރ (ފެރީ/ދޯނި)

ބޭނުންވާ ޢަދަދު:               06

ވަޒީފާގެ ބާވަތް:               ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ  މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)    

ޑިޕާޓްމަންޓް:                ފެރީ ސަރވިސަސް ޑިޕާޓްމަންޓް

އަސާސީ މުސާރަ ރޭންޖް:         -/5500 ރުފިޔާ. 

ސަރވިސް އެލަވަންސް:          -/1000 ރުފިޔާ.

ފިކްސްޑް އެލަވަންސް:           އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް:          ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ، ކޮއްތު އަދި ޓްރިޕް އެލަވަންސް /ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.                                  

މަސައްކަތް ކުރަންޖެހޭތަން:        ފެރީ ސަރވިސަސް ޑިޕާޓްމަންޓް

ޝަރުޠު:                  

ފެރީ/ދޯނި ފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވުން. (ލައިސަންސް C, E, F ކެޓަގަރީ)                           

ކަނޑުމަތީ މަސައްކަތުގައި ގިނަވަގުތު އުޅެވޭ ފަތަންދަންނަ މީހަކު ކަމުގައިވުން.

އޮޕަރޭޓަރ މަސައްކަތުގައި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ކަސްޓަމަރުންނަށް އިހުތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.

މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއި ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.     

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:     ކުންފުނީގެ ކަނޑައަޅާ އުޅަނދެއްގެ އިސް މީހެއްގެ ގޮތުގެ ޒިންމާނަގައި، ކުންފުނިން އަންގާ ޝެޑިއުލާއި އެއްގޮތަށް ފަޅުވެރިންނާއި، ޕެސެންޖަރުންނާއި މުދަލާއި އުޅަނދުގެ ސަލާމަތްތެރިކަމާއި އެކު ދަތުރުކުރުން.

 

މަޤާމު:                    އޮޕަރޭޓަރ (ބަސް/ވޭން)

ބޭނުންވާ އަދަދު:               01

ވަޒީފާގެ ބާވަތް:               ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)    

ޑިޕާޓްމަންޓް:                 ފެރީ ސަރވިސަސް ޑިޕާޓްމަންޓް

އަސާސީ މުސާރަ ރޭންޖް:          -/5500 ރުފިޔާ.

ސާރވިސް އެލަވަންސް:           -/1000 ރުފިޔާ.

ފިކްސްޑް އެލަވަންސް:            އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް :     ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:        ހުޅުމާލެ ބަސް ސަރވިސް/ ފެރީ ސަރވިސަސް ޑިޕާޓްމަންޓް

ޝަރުޠު:                   

ކާރު/ ވޭން ދުއްވުމުގެ ލައިސަންސް އޮތުމާއި އެކު ދުއްވުމުގެ ތަޖުރިބާހުރި ފަރާތަކަށްވުން. BO ނުވަތަ B2 ލައިސަންސް ނަގާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޑިއުޓީ ޝިފްޓްތަކުގައި މަސައްކަތްކުރެވޭނެ މީހަކު ކަމުގައިވުން.

މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއި ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:     އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން ބަސް އޮޕަރޭޓްކޮށް އަދި ޓްރާސްޕޯޓްގެ ގަވާއިދާ އެއްގޮތަށް ޕަސިންޖަރުންނާއި އުޅަނދުގެ ސަލާމަތްތެރިކަމާއެކު ބަސް އޮޕަރޭޓްކުރުން.

 

މަޤާމު:                    އެސިސްޓަންޓް އޮޕަރޭޝަންސް އޮފިސަރ

ބޭނުންވާ އަދަދު:               04   

ވަޒީފާގެ ބާވަތް:               ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް:                 ފެރީ ސަރވިސަސް ޑިޕާޓްމަންޓް

އަސާސީ މުސާރަ:              -/5500 ރުފިޔާ.

ސަރވިސް އެލަވަންސް:           -/1000 ރުފިޔާ.

ފިކްސްޑް އެލަވަންސް:            އަސާސީ މުސާރައިގެ %20

އެޑިއުކޭޝަނަލް އެލަވަންސް:         ދާއިރާއިން ހަދާފައިވާ ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ

                        މުސާރައިގެ %40    

އެހެނިހެން އެލަވަންސް/އިނާޔަތް :     ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:        ހުޅުމާލެ/މާލެ ނުވަތަ ވިލިނގިލި/މާލެ ފެރީ ޓަރމިނަލް - ފެރީ ސަރވިސަސް ޑިޕާޓްމަންޓް

ޝަރުޠު:                  

ޖީ.ސީ.އީ އޯ. ލެވެލް (03 މާއްދާއިން ފާސްވެފައިވުން)      

މައިކްރޮސޮފްޓް އޮފީސް ޕެކޭޖަށް ފަރިތަވުން.

މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ޚިދުމަތް ހޯދާ ފަރާތްތަކަށް އިޙްތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބުމާއެކު އެކަމުގެ ޤާބިލުކަން ހުރުން.

ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ ފަރާތެއްކަމުގައިވުން.

މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއި ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.     

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން އޮޕަރޭޝަންސްގެ އެންމެހައި މަސައްކަތްކުރުން އަދި

މިކަމާ ބެހޭ ލިޔެކިޔުން ބެލެހެއްޓުން.

ވީމާ، މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން  11 ފެބުރުވަރީ 2016 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯމު" ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާ އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ހުށަހެޅުއްވުން އެދެމެވެ. މި ތަކެތި ފެކްސް އަދި އީމެއިލް އިންވެސް ގަބޫލު ކުރެވޭނެއެވެ. މި ފޯމު ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

ފެކްސް ނަންބަރު:  3221 332

އީމެއިލް:      [email protected]

ނޯޓް:ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.) މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ. އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ. ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

28 ރަބީޢުލްއާޚިރު 1437

07 ފެބުރުވަރީ 2016
ހޯދާ