ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޕޭސްޓް ކޮންޓްރޯލް ސަރވިސް

އިޢުލާން

ކ. ތިލަފުށީގައި ޕެސްޓް ކޮންޓްރޯލްގެ ޚިދުމަތް 2 އަހަރުދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން (ނަންބަރު TCL/PROC-TA/2016/004) އާ ގުޅިގެން ހުޅުވާލި ބީލަން ހުށަހެޅުމުގެ ފުރުޞަތުގައި، އެކަށީގެންވާ ވަރަށް ތަރުޙީބު ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ދަޢުވަތު އަރުވަމެވެ.

ތަފްޞީލް

ތަން

ދުވަސް

ތާރީޚު

ގަޑި

ޕްރީ ބިޑް މީޓިންގ  އަދި މަޢުލޫމާތު ކަރުދާސް ދޫކުރުން

ޓީސީއެލް ހެޑް އޮފީސް

އަންގާރަ

16 ފެބުރުވަރީ 2016

10:30 ގައި

ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން

ޓީސީއެލް ހެޑް އޮފީސް

ހޯމަ

22 ފެބުރުވަރީ 2016

10:30 ގައި

  • ޕްރޮޕޯސަލް ހުށަހަޅާއިރު މަދުވެގެން -/50,000 (ފަންސާސް ހާސް) ރުފިޔާގެ ބޭންކް ގެރެންޓީއެއް ހުށަހަޅަންވާނެއެވެ. އަދި ބޭންކް ގެރެންޓީ ބާޠިލުވާ މުއްދަތު މަދުވެގެން 60 (ފަސްދޮޅަސް) ދުވަހަށް ވާންވާނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

  • ޕްރޮޕޯސަލް ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ އެއް ޕްރޮޕޯސަލެވެ.
  • ހުށަހަޅައިފައިވާ ބީލަން ބާޠިލުވާ މުއްދަތު މަދުވެގެން 60 (ފަސްދޮޅަސް) ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ޕްރޮޕޯސަލްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ޕްރޮޕޯސަލް ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ ޕްރީބިޑްގައި ބައިވެރިވެލައްވާ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތަށް ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކުއެވެ.

09 ފެބުރުވަރީ 2016
ހޯދާ