ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ތިނަދޫ ފިހާރައިން ވިއްކާ އެއަރކޮންޑިޝަން އިންސްޓޯލް ކުރުމާއި އާފްޓަރ ސޭލްސް ސާރވިސް ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

އެސްޓީއޯ ތިނަދޫ ފިހާރައިން ވިއްކާ އެއަރކޮންޑިޝަން އިންސްޓޯލު ކުރުމާއި އާފްޓަރ ސޭލްސް ސާރވިސް ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އެސްޓީއޯ ތިނަދޫ ފިހާރައިން ވިއްކާ އެއަރކޮންޑިޝަން އިންސްޓޯލު ކުރުމާއި އާފްޓަރ ސޭލްސް ސާރވިސް ދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތް:           ގދ. ތިނަދޫ އެސްޓީއޯ ފިހާރައިން ވިއްކާ އެއަރކޮންޑިޝަން އިންސްޓޯލު ކުރުމާއި އާފްޓަރ ސޭލްސް ސާރވިސް ދިނުމުގެ މަސައްކަތް ކޮށްދިނުމުގެ މަސައްކަތް

މަސައްކަތުގެ ވެރިފަރާތް:    ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީ ކުރުން:       ރަޖިސްޓަރީ ކުރަން ބޭނުންފުޅުވާ ބޭފުޅުން 2016 ފެބުރުވަރީ 17 ވަނަ ދުވަހު 10:00 ގެ ކުރިން އެސްޓީއޯ ތިނަދޫ ފިހާރައަށް ވަޑައިގެން ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަން ކަރުދާސް ދޫކުރުން:  ރަޖިސްޓަރީ ކުރަައްވާފައިވާ އެންމެހައި ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 ފެބުރުވަރީ 18 ވަނަ ދުވަހު އީމެއިލް އިންނެވެ.

މަޢުލޫމާތު ދިނުން:       ރަޖިސްޓަރީ ކުރައްވައިފައިވާ އެންމެހައި ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 2016 ފެބުރުވަރީ 21 ވަނަ ދުވަހު 15:30 ގައި އެސްޓީއޯ ތިނަދޫ ފިހާރައިގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:        ރަޖިސްޓަރީ ކުރެއްވުމަށް ފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 ފެބުރުވަރީ 23 ވާ ދުވަހުގެ 15:00 ޖެހުމުގެ ކުރިން އީ-މެއިލްގެ ޒަރީޢާއިން ފޮނުއްވަންވާނެއެވެ. އަދި ރަޖިސްޓަރީ ކުރައްވައިފައިވާ ފަރާތްތަކަށްް 2016 ފެބުރުވަރީ 25 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަން ކަރުދާސް:       ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 މާރިޗު 01 ވަނަ ދުވަހު 14:30 ގައި އެސްޓީއޯ ތިނަދޫ ފިހާރައިގައެވެ.

މަޢުުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކާއި ގަޑި ޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯން:   3012224, 3344180

ފެކްސް:  3344633

އީމެއިލް: [email protected]

 30 ރަބީޢުލްއާޚިރު 1437

 

09 ފެބުރުވަރީ 2016
ހޯދާ