ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މެސެންޖަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: މެސެންޖަރ 

ބޭނުންވާ އަދަދު: 1  (އެކެއް)

މުސާރަ: -/5،570 ރުފިޔާ                   

ލިވިންގ އެލަވަންސް: -/3،000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: ހދ. ގޮފި، ހދ. ކުޅުދުއްފުށި

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު: ހދ. ގޮފިން ފޮނުވާ ލިޔެކިއުންތައް ބެހުމާއި، ގޮތްޕަށް ލިބޭ ތަކެތި ގެނެސް ގެންދިއުމާއި، ގޮފި ކުނިކަހައި ފޮޅައި ސާފުކޮށް ބެލެހެއްޓުން.

ފެންވަރު ނުވަތަ ޝަރުޠު:  

1. ގްރޭޑް 7 ން ފާސްވެފައިވުމާއި،

2. މަގާމުގެ ވާޖިބުތައް އަދާކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރުމާއި، ޤާބިލްކަން ހުރުން،

3. އުމުރުން 55 އަހަރު ވެފައި ނުވުން.

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދޭނެ ކަންކަން:

މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ދެފުރޮޅުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތްތަކަށާއި، ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތްތަކަށް އިވެލުއޭޓްކުރުމުގައި އިސްކަންދެވޭނެއެވެ.  

އިތުރު އެލަވަންސް:

މި މަޤާމަށް ހާޒިރީ އެލަވަންސްގެގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/50 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އިންޓަވިއު:

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު އެކަށީގެންވާވަރަށްވުރެ ގިނަނަމަ، އިންޓަވިއުއަށް ކިޔާނީ އެންމެ މަތިން މާކްސް ލިބޭ 5 ފަރާތަކަށެވެ. 

 - މި މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަނުވާ ފަރާތްތަކަށް އިންޓަވިއުއަކަށް ނުކިޔޭނެއެވެ.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 ފެބުރުވަރީ 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އޮފީހަށް ސިޓީ ފޮނުވުން އެދެމެވެ. ސިޓީ ފޮނުވާއިރު، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ވަނަވަރާއި، އައި.ޑީ ކާޑުގެ ކޮޕީއާއި، ލައިސަންސް ކާޑު ކޮޕީ ފޮނުވުން އެދެމެވެ. ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވާ ސިޓީވެސް ބަލައިގަނެވޭނެއެވެ. (ފެކްސް ނަންބަރަކީ، 3000644 އެވެ. އީމެއިލް އެޑްރެހަކީ، [email protected]  އެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި އޮފީހުގެ  3003289 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

29 ރަބީޢުލްއާޚިރު 1437

08 ފެބުރުވަރީ 2016
ހޯދާ