މަޤާމު: ޓެކްނީޝަން ޓްރޭނީ
|
މުސާރަ އާއި އެލަވަންސް:
|
މަހަކު -/8000 ރުފިޔާ
|
ބޭނުންވާ އަދަދު:
|
5 (ފަހެއް)
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް:
|
ޕްރޮގްރާމް ޓީވީ
|
މަޤާމުގެ ޝަރުޠު:
|
ޖީ. ސީ. އީ. އޯލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޚަބަރާއި ޕްރޮގްރާމްތަކަށް ބޭނުންވާ ކޮންޓެންޓް ތައްޔާރުކުރުމާބެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- ޕްރޮގްރާމްތަކާއި، ބޮޑެތި ޕްރޮޑަކްޝަންތަކާއި، އެކިއެކި ރެކޯޑިންތައް ތައްޔާރުކުރުމާއި، އެކިއެކި އިވެންޓްތައް ކަވަރުކުރުމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- ސްޓޫޑިއޯތަކާއި ލޮކޭޝަންތަކުގައި ރެކޯޑްކުރެވޭ މަލްޓި ކެމެރާ ޝޫޓިންތަކުގައި، ކަޓްސުވިޗް ބޭނުންކޮށްގެން ކޮންޓެންޓާއި، އެފަދަ ތަންތަނުން ލައިވްކުރެވޭ ވީޑިއޯ ކޮންޓެންޓް ނެގުން.
- ޓެކްނީޝަނުންނަށް ފަންނީ ޤާބިލްކަން އިތުރުކުރުމުގެގޮތުން ކަމާބެހޭ ތަމްރީންދީ ފެންވަރު މަތިކުރުމަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، ކޯޕަރޭޝަނުން އެދިއްޖެ ހާލަތެއްގައި، ކޯޕަރޭޝަނުން އެދޭ ބަޔަކަށް މި ރޮނގުން ކިޔަވައިދިނުން؛
- ވަޒީފާގެ ގުޅޭގޮތުން ހަވާލުކުރެވޭ ކޯޕަރޭޝަންގެ އެހެނިހެން މަސައްކަތްތައް ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
- މީގެ އިތުރުން، މަސައްކަތާ ގުޅޭގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި، އައު ވިސްނުންތައް ހުރި މިންވަރު ބެލޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ ސެޓުފިކެޓާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
- ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓްކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި، ޓްރާންސްކްރިޕްޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
- ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- އައިޑީ ކާޑުގެ ފޮޓޯކޮޕީ.
- ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް.
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
|
އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ސުންގަޑި:
|
މި މަގާމަށް އެދޭ ފަރާތްތަކުން، 2016 ފެބުރުވަރީ 14 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯދުމަށް 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ.
|