މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފޮތް ލިޔެ، ލޭއައުޓް ހަދައި، ޗާޕުކުރުމަށް ބޭނުންވެއްޖެ

ފޮތް ލިޔެ، ލޭއައުޓް ހަދައި، ޗާޕުކުރުމަށް ބޭނުންވެއްޖެ

މަދުރަސީ ތަޢުލީމުގެ ޤައުމީ މަންހަޖުގެ ކީ ސުޓޭޖު 3 (ގުރޭޑު 7 އަދި 8 ) ޤުރުއާން، އިސްލާމް އަދި ދިވެހި މާއްދާގެ ދަރިވަރުންގެ ފޮތްތަކާއި މުދައްރިސުންގެ ފޮތްތައް ލިޔެ، ލޭއައުޓު ހަދައި، ޗާޕުކުރުމާއި އަދި އެ ފޮތްތަކުގައި ހިމެނޭ ކިޔަވައިދިނުމާ ގުޅޭ ތަކެތި ތައްޔާރުކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ)، ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ)، ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 ފެބުރުވަރީ 16 ވާ އަންގާރަ ދުވަހުގެ 14:00 އަށް

2016 ފެބުރުވަރީ 22 ވާ ހޯމަ ދުވަހުގެ14:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403  ނަންބަރު ފޯނާއެވެ.

08 ފެބުރުވަރީ 2016
ހޯދާ