ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލުގެ ދަަރިވަރުންނަށް ތިރީގައި މިދަންނަވާ ކުޅިވަރުތައް ކޯޗްކޮށްދިނުމާއި އެ ކުޅިވަރުތައް މި ސްކޫލްގައި ދިރުވައި އާލާކުރުމުގައި ފެސިލިޓޭޓް ކޮށްދޭނެ ފަރާތެއް ނުވަތަ ފަރާތްތަކެެއް ހޯދުމަށް ކުރި ނަންބަރު RS/IUL/2016/08 (20.01.2016) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް ތިރީގައި މި ދަންނަވާ ކުޅިވަރުތައް ކޯޗްކޮށްދިނުމާއި އެ ކުޅިވަރުތައް މި ސްކޫލްގައި ދިރުވައި އާލާކުރުމުގައި ފެސިލިޓޭޓް ކޮށްދޭނެ ފަރާތެއް ނުވަތަ ފަރާތްތަކެެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
- ނެޓްބޯޅަ
- ބާސްކެޓް ބޯޅަ
- ފުޓްބޯޅަ
- ވޮލީބޯޅަ
- ބެޑްމިންޓަން
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ފެބްރުވަރީ 16 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ފެބުރުވަރީ 21 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
29 ރަބީޢުލްއާޚިރު 1437