ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަގާމު:

ފައިނޭންސް އޮފިސަރ   

ބޭނުންވާ އަދަދު:

1 (އެކެއް)

މަގާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: އެމް.އެސް 1

މުސާރަ:

މަހަކު -/5،610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

ލިވިންގ އެލަވަންސް:

މަހަކު -/3،000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

މަގާމުގެގޮތުން ދެވޭ ޚާއްޞަ އެލަވަންސްގެގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

 


ތަޢުލީމާއި ތަޖުރިބާ:

 

ތަޢުލީމީ ފެންވަރު:

އެކައުންޓިންގ، ފައިނޭންސް ނުވަތަ ފައިނޭންޝަލް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 (ޑިޕްލޮމާ ނުވަތަ އެޑްވާންސް ޑިޕްލޮމާ) ހާސިލުކޮށްފައިވުން.

މަސައްކަތުގެ ތަޖުރިބާ:

މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރުދުވަހުގެ މަސައްކަތާ ގުޅޭ ތަޖުރިބާ ލިބިފައިވުން.

 

 

 

 

 

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

 

  1. އޮތޯރިޓީގެ ރަސްމީ ބަޖެޓާއި، އެހީގެގޮތުގައި އޮތޯރިޓީއަށް ލިބޭ ފައިސާގެ ބަޖެޓުން ކުރެވޭ ޚަރަދުތައް ބެލެހެއްޓުމާއި، ކުރެވޭ ޚަރަދުތަކުގެ ލިޔެކިޔުންތައް ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ޒިންމާދާރުކަމާއެކު ބެލެހެއްޓުން.
  2. އޮތޯރިޓީގެ އަހަރީ ބަޖެޓް، ސެކްޝަންތަކާ ގުޅިގެން ތައްޔާރުކުރުން.
  3. އޮތޯރިޓީގެ ބަޖެޓު ބެލެހެއްޓުން.
  4. އޮތޯރިޓީއިން ކުރާ އެންމެހައި ޚަރަދުތައް ބެލެހެއްޓުމާއި، ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ސުޕަވައިޒަރުގެ އިރުސާދާއެކު ފައިސާ ދެއްކުން.
  5. އޮތޯރިޓީގެ ތިޖޫރީ ބެލެހެއްޓުމާއި، ޕެޓީކޭޝް ފައިސާ ބެލެހެއްޓުމާއި، އެކަމާ ގުޅިގެން ތައްޔާރުކުރަންޖެހޭ ލިޔެކިއުންތައް ތައްޔާރުކުރުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  6. އޮތޯރިޓީގެ ބަޖެޓާއި، ފައިސާއާއި، ޚަރަދުތަކާ ބެހޭގޮތުން އެކިއެކި ފަރާތްތަކާއެކު ކުރަންޖެހޭ މުޢާމަލާތްކުރުން.
  7. މާލިއްޔަތު ގަވާއިދުގެދަށުން އެކުލަވައިލަންޖެހޭ ރިޕޯޓްތައް ސުޕަވައިޒަރުގެ އިރުސާދާއެކު ގަވާއިދުން އެކުލަވައިލުން.
  8. އޮތޯރިޓީން ރާއްޖޭގެ ރަށްރަށަށާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް ބޭނުންވާ ފައިސާއާ ގުޅޭ އިންތިޒާމް  ހަމަޖެއްސުމާއި، ދަތުރުގެ ބައިވެރިންނަށް އެލަވަންސްތައް ދިނުމާއި، ދަތުރު ނިންމުމަށްފަހު ބާކީ ހުންނަ ފައިސާ އަނބުރާ ޖަމާކުރުމާއި، ދަތުރު ރިޕޯޓް ބައިވެރިންގެ ފަރާތުން ހޯދުން.
  9. ފައިސާއާބެހޭ ހުރިހާ ލިޔެކިޔުމެއް ސުޕަވައިޒަރުގެ އިރުޝާދާއެކު ބެލެހެއްޓުން.
  10. ލިޔެކިޔުމަށާއި، އެނޫން ކަންކަމަށް އޮތޯރިޓީއަށް ބޭނުންވާ ތަކެއްޗާއި ހަރުމުދަލާއި ޚިދުމަތްތައް ހޯދުމުގައި މާލިއްޔަތު ޤާނޫނާ އެއްގޮތްވާގޮތުގެމަތިން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދާއެކު ކުރުން.
  11. ބިޑް އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުންތަކަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކޮށް ފޯރުކޮށްދިނުން.
  12. އެގްރިމަންޓް ހަދަންޖެހޭ ބާވަތުގެ ކަންކަމުގައި އެގްރިމެންޓް ހެދުމާއި، އެގްރިމަންޓާ އެއްގޮތަށް މަސައްކަތްދޭތޯ ބެލުމާއި، ނުދާނަމަ  އެ މަޢުލޫމާތު ސުޕަވައިޒަރަށް ފޯރުކޮށްދިނުން.
  13. އޮތޯރިޓީގެ އިންވެންޓްރީ ގަވާއިދުން ބަލަހައްޓައި އަޕްޑޭޓްކުރުމާއި، އިންވެންޓްރީގައި ހިމެނޭ ކޮންމެ އެއްޗަކީވެސް ގަވައިދުން ރެކޯޑްކުރެވިގެން އެއްތަނުން އަނެއްތަނަށް ބަދަލުވާ ތަކެތިކަން ޔަގީންކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
  14. އޮތޯރިޓީގެ މާލީ ހިސާބުތައް އޮޑިޓްކުރުމަށް އޮޑިޓަރ ޖެނެރަލް އޮފީހުގެ އޮޑިޓަރުންނަށް އެހީތެރިވުން.
  15. އަހަރީ ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، ރިޕޯޓް ތައްޔާރުކުރުމަށް އެހީތެރިވުން.
  16. މަތީގައިވާ ކަންތައްތަކުގެ އިތުރުން، ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތް ކުރުން.

 

ސުންގަޑި:

މި  މަޤާމަށް  އެދޭ  ފަރާތްތަކުން،  ވަޒިފާއަށް  އެދޭ  ފޯމު  ފުރިހަމަކޮށް،  ވަޒީފާއަށް  އެދޭ  ފޯމާއެކު ހުށަހަޅަންޖެހޭ  ލިޔެކިއުންތައް،  2016  ފެބުރުވަރީ  14  ވަނަ  ދުވަހުގެ 13:30 ގެ ކުރިން މި އޮތޯރިޓީއަށް (ހ. ފުލިދޫގޭ 2 ވަނަ ފަންގިފިލާ، ކަލާފާނު ހިނގުން) ހުށަހެޅުން އެދެމެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެޕްލިކޭޝަން ފޯމާއެކު ތިރީގައިވާ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.

1- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ޓްރާންސްކްރިޕްޓާއެކު) 

2- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4- ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)

5- މިހާރު ސިވިލް ސަރވިސްގެ ވަޒީފާގައި ހުރި މުވައްޒަފެއްނަމަ، ފުރިހަމަކޮށްފައިވާ "މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި، މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު"

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަރވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ (ރިކޮމެންޑޭޝަން ލެޓަރ) ލިޔުމެއް (އޮޕްޝަނަލް)

އިންޓަވިއު:

މި މަގާމުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

 

 

ނޯޓު:

1. މި ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތެއް ދިނުމަށްފަހު ހާޒިރީއާއި، މަސައްކަތުގެ ފެންވަރަށް ބަލައި، ވަޒީފާ ދާއިމީކުރެވޭނެއެވެ.

2. މި މަޤާމަށް މުވައްޒަފަކު ހޮވޭނީ، ތަޢުލީމާއި ތަމްރީނާއި މަސައްކަތުގެ ތަޖުރިބާއާއި މަސައްކަތުގެ ފެންވަރާއި ހުނަރާއި ޤާބިލްކަމަށް  ބަލައި،  ކުރެވޭ  އިންޓަވިއުން  އެންމެ  މަތިން  މާކްސް  ލިބޭ  ފަރާތެއްގެ  ކުށުގެ  ރެކޯޑު ސާފުކުރުމަށްފަހު، ވޭތުވެދިޔަ 5 އަހަރުދުވަހު އެއްވެސް ކުށުގެ ރެކޯޑެއް ނުވާނަމައެވެ.

3. އޮތޯރިޓީގެ ވަޒީފާތަކަކީ، ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ.

4. ވަޒީފާއަށް އެދޭފޯމް ޑައުންލޯޑްކުރުން http://fpa.gov.mv/downloads/FPA-Job-Application-latest.pdf

 

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3010551 ނަންބަރު ފޯނަށެެވެ. ފެކްސް ނަންބަރަކީ،  3010552 އެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ވެބްސައިޓުގެ އެޑްރެހަކީ، www.fpa.gov.mv އެވެ.

ފޭސްބުކް: www.facebook.com/fpa.maldives

24 ރަބީޢުލްއާޚިރު 1437

03 ފެބުރުވަރީ 2016
ހޯދާ