ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސެލް ދަނޑުގެ ވަށައިފާރު ރާނައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފާރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ހޯދުން

ސްޕޯޓުސް އެރީނާ މަޝްރޫޢުގެ ދަށުން ރަތަފަންދޫގައި ޤާއިމުކުރެވޭ 100 153 ފޫޓުގެ ފުޓްސެލް ދަނޑުގެ ވަށައިފާރު ރާނައި ފެންސް ޖެހުމުގެ މަސައްކަތްކޮށްދޭނެ ފާރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ފެބުރުވަރީ 18 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ފެބުރުވަރީ 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެ ވާހަކަ ހަނދުމަފުޅުކޮށް އެރުވީމެވެ. މި އިދާރާއިން ކުރެވުނު ނަންބަރު: (IUL)420-PM/242/2015/1005 ގެ އިޢުލާނާ ގުޅިގެގެން ހުށަހެޅުނު އަންދާސީހިސާބުތަކުގައިވާ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުވާތީ އެ އިޢުލާން ވަނީ ބާޠިލުކުރެވިފައެވެ.

އަންދާސީހިސާބާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް

1. ރަޖިސްޓަރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި އަހަރީ ފީ ދައްކާފައިވާ ރަސީދުގެ ކޮޕީ

2. ކޮމްޕެނީ ޕްރޮފައިލް

3. އަމިއްލަ ފަރާތަކުންނަމަ އައީޑީ ކާޑުގެ ކޮޕީ

މި އިދާރާއިން  ބަލާނެ ކަންތައްތައް

1. ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ

2. ހުށަހަޅާ އަންދާސީހިސާބު 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެއެވެ.

އަގު ހުށަހެޅުން

އަގު ހުށަހަޅަން ޖެހޭނީ ޖުމުލަ އަގުގެ އިތުރުން ވަކިން އަގު އެނގޭ ގޮތަށެވެ.

2. މާކްސް ދެވޭ ގޮތުގެ ތަފުސީލު:

މާރކްސް ދެވޭނެ ކްރައިޓީރިއާ

މާރކްސް ދެވޭ ގޮތް

ތަފުސީލު

އަގު  

70%

  • ޚިދުމަތުގެ އަގަށް ދެވޭ މާރކްސް  
  • މި މާރކްސް ދެވޭނީ މި ކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާރކެއް ކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

މަސައކަތް ނިންމާ މުއްދަތަށް   

20%

  • މަސައްކަތް ނިންމާ މުއްދަތަށް ދެވޭ މާކުސް   
  • މި މާކްސް ދެވޭނީ މި ކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅައިފައިވާ އެންމެ ކުޑަ މުއްދަތަކީ  ބެންޗް މާކެއް ކަމުގައި ބަލައިގެން ހުށަހެޅޭ ހުރިހާ މުއްދަތެއްގެ މެދުގައި ކަޑައެޅިފައިވާ  % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

ތަޖުރިބާ  

 30%
  • ލިބިފައިވާ ތަޖުރިބާއަށް ދެވޭ މާކްސް   
  • މި މާކްސް ދެވޭނީ  މި ކައުންސިލްގެ  ޓެކްނިކަލް އިވެލުއޭ ޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅައި ފައިވާ ޕްރޮފައިލްގައި  ފާއިތުވެދިޔަ ތަނުގައި ކޮށްފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް އެންމެ ގިނަ ހެކި ހުށަހަޅާފައިވާ ފަރާތަކީ ބެންޗް މާރކު ކަމަށް ބަލައިގެން  ހުށަހަޅާފައިވާ ޑޮކިޔުމަންޓުތަކުގެ މެދުގައި ކަޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަޕޮއިންޓް ލިބޭނީ އެންމެ ގިނަ ހެކި ހުށަހަޅާފައިވާ ފަރާތަށެވެ. 

                              24 ރަބީޢުލްއާޚިރު 1437

03 ފެބުރުވަރީ 2016
ހޯދާ