ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މުޤައްރަރާއި ފޮތްތަކުގައި ހުރި ފާހަގަކުރެވޭ ކަންކަން ރަނގަޅުކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

މަދްރަސީ ތަޢުލީމުގެ ޤައުމީ މަންހަޖުގެ ކީ ސްޓޭޖް 3 ގެ ޤުރުއާން ފޮތްތަކުގެ މަސައްކަތް ސުޕަވައިޒްކުރުމާއި ކީ ސްޓޭޖް 1 ގެ މުޤައްރަރާއި ފޮތްތަކުގައި ހުރި ފާހަގަކުރެވޭ ކަންކަން ރަނގަޅުކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ،  މިކަންކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޣާޒީ ބިލްޑިންގ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

11 ފެބުރުވަރީ 2016 ވަނަ ދުވަހުގެ 11:00 އަށް

17 ފެބުރުވަރީ 2016 ވަނަ ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3012369 ނަންބަރު ފޯނާއެވެ.

28 ރަބީޢުލްއާޚިރު 1437

 

07 ފެބުރުވަރީ 2016
ހޯދާ