ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
06 މަސް ދުވަހުގެ މުއްދަތަށް ހައުސްހޯލްޑް އައިޓަމްތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް 06 މަސްދުވަހުގެ މުއްދަތަށް ހައުސްހޯލްޑް އައިޓަމްތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު 05MNU-CA-FNP/2016/ އަށް އެންމެ ފަރާތަކުން އަންދާސީހިސާބު ހުށަހަޅަން ހާޒިރުވެފައިވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލައިފީމެވެ.

ވީމާ، ބަޔާން ކުރެވިފައިވާ ތަކެތި ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ފެބުރުވަރީ 14 ވާ އާދީއްތަ ދުވަހުގެ 13:30 އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ފެބުރުވަރީ 18 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

28 ރަބީޢުލްއާޚިރު 1437

 

07 ފެބުރުވަރީ 2016
ހޯދާ