ދިވެހިރާއްޖެ
އިޢުލާން
މަޤާމު: ޕްރިންސިޕަލް
ބޭނުންވާ އަދަދު: 10
ވަޒީފާ އޮތް އޮފީސް: ތ. އަތޮޅު ތައުލީމީ މަރުކަޒު، ތ. ބުރުނީ ސްކޫލް، ތ. ގާދިއްފުށީ ސްކޫލް، ތ. ވަންދޫ ސްކޫލް، ތ. ވިލުފުށީ ސްކޫލް، ލ. މާމެންދޫ ސްކޫލް، ލ. ދަނބިދޫ ސްކޫލް، ލ. އިސްދޫ ސްކޫލް، ލ. އިސްދޫ ކަޅައިދޫ ސްކޫލް، ލ. އިހައްދޫ ސްކޫލް
ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން : ތ. އަތޮޅު ތައުލީމީ މަރުކަޒު، ތ. ބުރުނީ ސްކޫލް، ތ. ގާދިއްފުށީ ސްކޫލް، ތ. ވަންދޫ ސްކޫލް، ތ. ވިލުފުށީ ސްކޫލް، ލ. މާމެންދޫ ސްކޫލް، ލ. ދަނބިދޫ ސްކޫލް، ލ. އިސްދޫ ސްކޫލް، ލ. އިސްދޫ ކަޅައިދޫ ސްކޫލް، ލ. އިހައްދޫ ސްކޫލް
ޝަރުޠު:
މަޤާމު |
ރޭންކް |
ކްލެސިފިކޭޝަން |
ޝަރުޠު |
މަޤާމުގެ އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
ޕްރިންސިޕަލް |
MS2
|
ޓީޗިން ސަރވިސް އޮފިސަރ 3 |
- ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ - ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
-/6,295 ރުފިޔާ
|
-/2,500 ރުފިޔާ |
ޕްރިންސިޕަލް |
MS3 |
ޓީޗިންގ ސަރވިސް އޮފިސަރ 4 |
- ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ - ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
-/7,035 ރުފިޔ |
-/2,500 ރުފިޔާ
|
ޕްރިންސިޕަލް |
MS4 |
ޓީޗިންގ ސަރވިސް އޮފިސަރ 5 |
- ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ - ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެމަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައި ދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
-/7,875 ރުފިޔާ
|
-/2,500 ރުފިޔާ |
ޕްރިންސިޕަލް |
EX1 |
ޓީޗިންގ ސަރވިސް އޮފިސަރ 6 |
- ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރު މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ - ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
-/8,835 ރުފިޔާ |
-/2,500 ރުފިޔާ |
ޕްރިންސިޕަލް |
EX2 |
ޓީޗިންގ ސަރވިސް އޮފިސަރ 7 |
- ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ - ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
-/9,890 ރުފިޔާ |
-/2,500 ރުފިޔާ
|
ޕްރިންސިޕަލް |
EX3 |
ޓީޗިންގ ސަރވިސް އޮފިސަރ 8 |
- ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ - ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
-/11,065 ރުފިޔާ |
-/2,500 ރުފިޔާ |
ޕްރިންސިޕަލް |
EX4 |
ޓީޗިންގ ސަރވިސް އޮފިސަރ 9
|
- ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ - ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
-/12,400 ރުފިޔާ
|
-/2,500 ރުފިޔާ |
ޕްރިންސިޕަލް |
|
ޓީޗިންގ ސަރވިސް އޮފިސަރ 10 |
- ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ - ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
-/13,890 ރުފިޔާ |
-/2,500 ރުފިޔާ |
ޕްރިންސިޕަލް |
EX6 |
ޓީޗިންގ ސަރވިސް އޮފިސަރ 11 |
- ޓީޗިންގ ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ - ޓީޗިންގ ސަރވިސް އޮފިސަރ 11ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
-/15,560 ރުފިޔާ |
-/2,500 ރުފިޔާ |
އުޖޫރައާއި ޢިނާޔަތްތައް:
1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
3. ހަމަޖެހިފައިވާ ގޮތުގެ މަތިން ޓެނުއަރޝިޕް.
4. ހަމަޖެހިފައިވާ ގޮތުގެމަތިން ފޯން އެލަވަންސް.
ވަޒީފާގެ މަސްއޫލިއްޔަތު:
(1) ޕްރިންސިޕަލެއްގެ ހައިސިއްޔަތުން ކިޔަވައިދިނުމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި، ހިންގުން.
(2) ޓީޗަރުންނާއި ކިޔަވައިދިނުމުގައި ޙަރަކާތްތެރިވާ އެހެނިހެން މުވައްޒަފުންގެ މަސައްކަތްތައް ކުރިއަށްގެންދާ ގޮތް ކަނޑައެޅިފައިވާ ގޮތުގެމަތިން ބަލައި، މުޤައްރަރުގައިވާ ގޮތުގެމަތިން ބަލައި، މުޤައްރަރުގައިވާ ގޮތުގެމަތިން އުނގެނުމާއި އުނގަންނައިދިނުމުގެ ޙަރަކާތްތައް ގެންދިއުމަށް މަގުފަހިކޮށްދިނުން.
(3) ސްކޫލްގައި މަސައްކަތްކުރައްވާ ލީޑިންގ ޓީޗަރުންގެ މަސައްކަތްތައް ރާވައި، ބެލެހެއްޓުން.
(4) ޑެޕިއުޓީ ޕްރިންސިޕަލުން އަދި ލީޑިންގ ޓީޗަރުންނާ ޙަވާލުކުރެވިފައިވާ މަސައްކަތްތައް ބަރާބަރަށް ކުރޭތޯ ބެލުން، އަދި ކުރެވެމުން ނުދާނަމަ ޙައްލުކުރުމަށްޓަކައި ފިޔަވަޅު އެޅުން.
(5) ސްކޫލްގެ ތަޢުލީމީ ސިޔާސަތުތައް ކަނޑައެޅުމުގައި ޢަމަލީގޮތުން ބައިވެރިވެ، ސީނިއަރ މެނޭޖްމަންޓް ޓީމުގެ އެންމެއިސް މެންބަރެއްގެ ގޮތުގައި ޙަރަކާތްތެރިވުން.
(6) ސްކޫލްގެ ދަރިވަރުންގެ 80 އިންސައްތަ ދަރިވަރުންނަކީ ހުރިހާ މާއްދާއަކުން ފާސްވެގެން އަހަރު ނިންމާލާ ދަރިވަރުންތަކެއް ކަމަށް ހެދުން.
(7) ސްކޫލްގެ ހުރިހާ ދަރިވަރުންނަކީވެސް އަހަރު ނިމޭއިރު ބޭސިކް ލިޓްރަސީ އަދި ނިއުމަރަސީ ސްކިލްތައް ހާސިލުކުރެވިފައިވާ ދަރިވަރުންތަކެއްކަން ކަށަވަރުކުރުން.
(8) ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ޑެޕިއުޓީ ޕްރިންސިޕަލާއި، ލީޑިންގ ޓީޗަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންނާއެކު ކަނޑައެޅިފައިވާ މައްސަލަތަކާ އެއްގޮތަށް ބައްދަލުވުންތައް ބޭއްވުން.
(9) ދަރިވަރުންނާއި ބެލެނިވެރިން، އަދި މުވައްޒަފުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުން.
(10) މުވައްޒަފުންގެ ކުރިއެރުމަށް ތަފާތު ޕްރޮގްރާމުތައް ރާވައި، ހިންގުން.
(11) ދަރިވަރުންގެ ތަފާތު ހުނަރު ތަރައްޤީކުރުމަށް އެކިއެކި ޙަރަކާތްތައް ރާވައި، ހިންގުން.
(12) ރިޕޯޓުކުރައްވާ މުވައްޒަފުންގެ ފެންވަރު ވަޒަންކުރުމުގެ ތެރެއިން ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ބަލައި ފޯމުތައް ކަނޑައެޅިފައިވާ ތާރީޚަށް ނިންމުން.
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
- ތަޢުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށެވެ.
- މި މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި ތަޢުލީމީ ދާއިރާގައި މަސައްކަތްކޮށްފައިވާ ބޭފުޅުންނަށް އިސްކަންދެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ފޯން: 3341423 ފެކްސް: 3321201
ސުންގަޑި: ޝަރުޠު ހަމަވާ މީހުން 21 ފެބުރުވަރީ 2016 ދުވަހުގެ 14:00ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅުއްވަންޖެހޭ ތަކެތި:
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު) ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރިސެޕްޝަނުންނާއި މިނިސްޓްރީގެ ވެބްސައިޓް، www.moe.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ).
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު).
އިންޓަވިއު އޮންނާނެ ތަނާއި ތާރީޚު:
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި ގަޑި އިޢުލާނުގެ މުއްދަތު ހަމަވާތާ 5 ދުވަހުގެ ތެރޭގައި ޝޯޓްލިސްޓް ކުރެވޭ ބޭފުޅުންނަށް އެންގޭނެ ވާހަކަ ދެންނެވީމެވެ. އިންޓަރވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަން ޖެހޭނެ ކަމުގައިވެސް ދަންނަވަމެވެ.
25 ރަބީޢުލްއާޚިރު 1437