ދިވެހިރާއްޖެ
ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ)
ގްރާންޓް ނަންބަރު:TF019383
ޓްރެއިނިންގ މޮޑިއުލްސް އާއި މެޓީރިއަލް ތައްޔާރުކޮށް ތަމްރީނުދިނުން؛ ކޮރަލް މޮނިޓަރިންގ ފްރޭމްވާރކް
ދިވެހިސަރުކާރުން ވާރލްޑް ބޭންކުގެ އެހީތެރިކަމާއެކު ހިންގަމުންގެންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ) މަޝްރޫޢުގެ ދަށުން، ކޮރަލް މޮނިޓަރިންގ ފްރޭމްވާރކް ޓްރެއިނިންގ މޮޑިއުލްސްއާއި މެޓީރިއަލް ތައްޔާރުކޮށް ތަމްރީނުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި މަސައްކަތުގެ މައިގަނޑު މަޤުޞަދަކީ: ސީ.ސީ.ޓީ.އެފް ގެ ދަށުން ތައްޔާރު ކުރެވިފައިވާ ނެޝަނަލް ކޯރަލް ޑޭޓާބޭސްއަށް ރިޒޯޓުތަކާއި ޑައިވް ސެންޓަރުތަކުގެ މުވައްޒަފުން އަހުލުވެރިކޮށް ތަމްރީނުކުރުމަށް ބޭނުންވާ މެޓީރިއަލް ތައްޔާރު ކުރުމާއި ތަމްރީނު ފޯރުކޮށްދިނުމެވެ. މަސައްކަތާ ހަވާލުވާ ފަރާތަކުން ތިރީގައި މިވާ ކަންތައްތައް ފުރިހަމަކޮށްދޭންވާނެއެވެ.
- ކޮރަލް ޑޭޓާބޭސް (https://coraldatabase.gov.mv) ގައި ބޭނުން ކުރެވޭ މޮނިޓަރިންގ ސައިޓުތައް އިޚުތިޔާރު ކުރުމާއި، އެ ސައިޓުތަކުން މަޢުލޫމާތު އެއްކޮށް، ޑޭޓާބޭސްއަށް އަޅައި ޑޭޓާބޭސް ބޭނުންކުރަން ދަސްކޮށްދޭން އެކަށީގެންވާ ފެންވަރުގެ ޓްރެއިނިންގ މެޓީރިއަލް ތައްޔާރުކުރުން؛
- މި މަޝްރޫޢުގައި ބައިވެރިވާ ހުރިހާ ރިޒޯޓުތަކާއި ޑައިވް ސެންޓަރުތަކަށް މޮނިޓަރިންގ ސައިޓުތައް ޢައްޔަނުކޮށް، އެތަންތަނުގެ ބޭސްލައިން ޑޭޓާ ނެގުން. މިގޮތުން މަދުވެގެން 10 ފަރާތެއްގެ މޮނިޓަރިންގ ސައިޓުތައް ޤާއިމުކުރުން؛
- މަދުވެގެން 10 ރިސޯޓާއި ޑައިވް އޮޕަރޭޓަރސް، އައްޑޫ-ފުވައްމުލަކު ޕްރޮޓެކްޓެޑް އޭރިއާ މެނޭޖްމަންޓް ޔުނިޓް މުވައްޒަފުން އަދި ސަރުކާރުގެ މުއައްސަސާތަކުން ކަނޑައެޅޭ މުވައްޒަފުން މި ޓްރެއިނިންގ މެޓީރިއަލް ބޭނުންކޮށްގެން ޢަމަލީގޮތުން ތަމްރީނުކުރުން؛
- ރިޒޯޓް/ޑައިވް ސެންޓަރުތަކާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގެ މުވައްޒަފުންނަށް ނެޝަނަލް ކޮރަލް ރީފް މޮނިޓަރިންގ ފްރޭމްވާރކް ބޭނުންކުރުމާއި، ޑޭޓާބޭސް ބޭނުންކުރުން، އަދި މީގެ ދަށުން އެއްކުރެވޭ މަޢުލޫމާތު އެއްކުރުމާއި، ޕްރޮސެސް ކުރުމުގައި އެހީތެރިވެ އިރުޝާދުދިނުން؛
- މި މަޝްރޫޢުގައި ބައިވެރިވާ ހުރިހާ ރިޒޯޓް/ޑައިވް ސެންޓަރަކުން މަދުވެގެން 2 ޑޭޓާ ސެޓް ކޮރަލް ޑޭޓާބޭސްގައި ރައްކާކުރުމަށް ބާރުލައި ވާގިވެރިވުން؛
- ކޮމްޕޯނަންޓް 2 "ޕޮލިސީ ބްރީފްސް" ތައްޔާރުކުރުމަށް އެހީތެރިވެ ފަންނީ ލަފާފޯރުކޮށްދިނުން.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ މާޙައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ. ޝޯޓްލިސްޓް ކުރުމުގައި ބެލެވޭނެ ކަންތަކަކީ؛ 1) މެރިން ބަޔޮލޮޖީ/ އެންވަޔަރަންމަންޓަލް ސައިންސް/ މެރިން ކޮންޒަރވޭޝަން ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވުން؛ 2) ދާއިރާގައި 10 އަހަރާއި 15 އަހަރުގެ ތަޖުރިބާ ލިބިފައިވުން؛ އަދި 3) PADI/SSI ސަރޓިފައިޑް ޑައިވަރަކަށްވުން.
ޝައުޤުވެރިވާ ފަރާތްތަކުން IBRD ލޯން، IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ކޮންސަލްޓެންޓް ހޮވުމަށް، ޖަނަވަރީ 2011 ގައި އެކުލަވައިލެވިފައިވާ ވާރލްޑްބޭންކް ގައިޑްލައިންސްގެ 1.9ވަނަ ޕެރެގްރާފަށް ސަމާލުކަންދިނުމަށް އެދެމެވެ.
މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ ވާރލްޑްބޭންކް ގައިޑްލައިންސް: IBRD ލޯން، IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ކޮންސަލްޓެންޓް ހޮވުމަށް، ޖަނަވަރީ 2011 ގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 2016 ފެބުރުވަރީ 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" އީމެއިލް، މެއިލް، ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
ޕްރޮޖެކްޓް މެނޭޖަރ
މޯލްޑިވްސް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓް
ގްރީން ބިލްޑިންގ، ހަނދުވަރީ ހިނގުން،
މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފޯނު: 3018419 960+، ފެކްސް: 3018301 960+
އީމެއިލް: [email protected]