ނާލާފުށީ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

މަސައްކަތު

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް. އެސް. 1 (ސަޕޯޓް ސަރވިސް 1)

މަޤާމުގެ ކުލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ސަރވިސް:

ސަޕޯޓް ސަރވިސް

އޮފީސް:

ނާލާފުށީ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

މ. ނާލާފުށީ ސްކޫލް

މަޤާމުގެ މުސާރަ:

-/3100 ރުފިޔާ

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ސްކޫލް ހުޅުވާ ރަސްމީ ގަޑިތަކުގައި ފަރުވާތެރިކަމާއެކު ސްކޫލަށް ހާޒިރުވުން.
  2. ސްކޫލުގެ އެތެރެއާއި، ސްކޫލުގެ ގޯތިތެރެ، ދުވާލަކު އެއްފަހަރު ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.
  3. ސްކޫލު ހިމެނޭ މަގުގެ ސަރަހައްދު، ހަފްތާއަކު ދެދުވަހު ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.
  4. ދުވާލަކު އެއްފަހަރު ސްކޫލުގެ ފާޚާނާތައް ސާފުކުރުން.
  5. ސްކޫލުގެ ގޯތިތެރޭގައިވާ ބަގީޗާ ގަސްތަކަށް، މަދުވެގެން ދުވާލަކު އެއްފަހަރު ފެންދީ، ގަސްއިންދައި، ގަސްތައް ބެލެހެއްޓުން.
  6. އޮފީސްއިމާރާތުގެ ތަޅުމުގައި، މަދުވެގެން ހަފުތާއަކު ދެފަހަރު މޮޕްލުން.
  7. މުށިޖަހާފައި ހުންނަ ކުލާސްރޫމުތަކުގައި ކޮންމެދުވަހަކު މޮޕްލުން.
  8. ދުވާލަކު އެއްފަހަރު ސްކޫލުގައި ގެންގުޅޭ ހިފައި ގެންގުޅޭ ތަކެއްޗާއި، ފަރުނީޗަރާއި، މެޝިނަރީ ފަދަތަކެތި ފޮޅައި ސާފުކުރުން.
  9. ސްކޫލުގައި ހުންނަ ފޮތްކަބަޑުތައް، މަދުވެގެން ހަފްތާއަކު އެއްފަހަރު ސާފުކުރުން.
  10. އިމާރާތްތަކުގެ ބިއްލޫރިއާއި ކަތިފިލާތައް، މަދުވެގެން ހަފުތާއަކު އެއްފަހަރު ސާފުކުރުން.
  11. ސްކޫލުގައި ބޭނުންކުރާ ހިފައިގެންގުޅޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  12. ސްކޫލުގެ ބޭނުމަށް ހާޒިރުކުރަންޖެހޭ މީހުން ސްކޫލަށް ހާޒިރުކުރުން.
  13. ސްކޫލުން ރަށުގެ އެކިއެކި ސަރަހައްދުތަކުގައި ބަހައްޓަންޖެހޭ އިޢުލާނުފަދަ ތަކެތި ބެލެހެއްޓުން.
  14. ސްކޫލުން އިންތިޒާމްކުރާ ޖަލްސާތަކާއި، ބައަދަލުވުންތަކަށް މީހުންނަށް ކިޔުން.
  15. ސްކޫލުގައި ހުންނަ އިމާރާތްތަކުގެ ފުރާޅާއި، ދިޔަދޮވި، މަދުވެގެން މަހަކު އެއްފަހަރު ސާފުކޮށް ބެލެހެއްޓުން.
  16. ސްކޫލުގެ ވަޅު، އަހަރަކު 3 ފަހަރު ދިޔަހިއްކުން.
  17. މީގެ އިތުރުންވެސް، ސްކޫލް ހިންގަވަން ހުންނަވާ ވެރިޔާ ހަވާލުކުރައްވާ މަސައްކަތްތަށް ކުރުމާއި އެބޭފުޅަކަށް އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ޝަރުޠު ފުރިހަމަވެފައިވުން (ކަނޑައެޅިފައިވާ އިންސައްތަ: % 11)
  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %26)
  • މަސައްކަތު ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: % 14)
  • ލިބިފައިވާ ހުނަރާއި އިންޓަވިއުއަށް (ކަނޑައެޅިފައިވާ އިންސައްތަ: %48)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2016  ފެބުރުވަރީ  10  ވާ  ބުދަދުވަހުގެ  މެންދުރުފަހު  13:30  ގެ  ކުރިން،  މި  ސްކޫލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން  ފޯމު (ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމު،  ސިވިލް ސަރވިސް  ކޮމިޝަނުގެ  ވެބުސައިޓް  www.csc.gov.mv  އިން  ޑައުންލޯޑް  ކުރެވޭނެއެވެ.  އަދި މި ސްކޫލުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

އިންޓަވިއު އޮންނާނީ، މި ސްކޫލުގައެވެ. އިންޓަވިއު ބާއްވާނެ ތާރީޚާއި ގަޑި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް ފަހުން އަންގާނެއެވެ.

ޝޯޓްލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށައަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 5 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އުޖޫރައާއި ޢިނާޔަތްތައް:

1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓުރުބިއުޝަން.

3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޢުލޫމާތު ސާފުކުރުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 7952907 ނަންބަރު ފޯނާއެވެ. އީމެއިލް އެޑްރެހަކީ،  [email protected] އެވެ. 

22 ރަބީޢުލްއާޚިރު 1437

01 ފެބުރުވަރީ 2016
ހޯދާ