ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަގާމު:

އޮފީސް އެސިސްޓެންޓް

ބޭނުންވާ އަދަދު:

2 (ދޭއް)

މަސައްކަތުގެ މުއްދަތު:

1 (އެކެއް) އަހަރުދުވަސް (މަސައްކަތުގެ ފެންވަރު ބެލުމަށްފަހު، މުއްދަތު އިތުރުކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި، ހަވީރު ހަތަރެއް ޖަހަންދެން މަސައްކަތް ކުރަންވާނެއެވެ.)

އުޖޫރަ:

މަހަކު -/5,700 ރުފިޔާ

ފެންވަރު/ޝަރުޠު:

  1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަގާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް / ހާސިލުކޮށްފައިވުން. ނުވަތަ؛
  3. ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ދާއިރާއިން ކަނޑައަޅާ މަސައްކަތަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.

މައިގަނޑު މަސައްކަތްތައް:

  1. އެން.ސީ.އައި.ޓީގެ އިމާރާތާއި އޮފީހުގެ ތަކެތި ބެލެހެއްޓުމާއި، އެތަކެއްޗަށް ލިބޭ ގެއްލުންތައް ބަލައި، އެން.ސީ.އައި.ޓީގެ ތަކެތި ބޭނުންކުރެވޭ ރަގަނޅު ހާލަތުގައި ބެހެއްޓުމަށް އަމިއްލައަށް ކުރެވޭވަރުގެ މަރާމާތުތައްކޮށް، އަމިއްލައަށް ޙައްލު ނުކުރެވޭނެ މައްސަލަތައް، މެއިންޓެނެންސް ޔުނިޓާ ގުޅިގެން ޙައްލުކުރުން.
  1. މެއިންޓެންސާ ގުޅިގެން މުވައްޒަފުންގެ ފަރާތުން ލިބޭ ޝަކުވާތައް ދުވަހުން ދުވަހަށް ޙައްލުކުރުމަށް މަސައްކަތްކުރުން.  
  1. އޮފީހުގެ އެތެރެއާއި ބޭރު ފޮޅައި ސާފުކުރުމާއި ސާފުކޮށް ބެލެހެއްޓުން.
  1.  އޮފީހަށް ގަންނަން ބޭނުންވާ ތަކެތި ގަތުމަށް އޮފީހުން ބޭރުގައި ކުރަންޖެހޭ ކަންތައްތައް ކުރުން.
  1. އޮފީހުން ބޭރުން ކުރަންޖެހޭ ރަސްމީ ކަންތައްތައް މުވައްޒަފުންނާ ގުޅިގެން ކުރުން.
  2. ސިޓީފަދަ ތަކެތި ތަންތަނާ ހާވާލުކުރަން ދިޔުން.
  1. މަތީގައިވާ މަސައްކަތުގެ އިތުރުންވެސް، މުވައްޒަފަކު ޗުއްޓީގައި ހުރުމުގެ ސަބަބުން ނުވަތަ ވަގުތީގޮތުން މުވައްޒަފަކު މަދުވުމުގެ ސަބަބުން، އެ މުވައްޒަފަކަށް މަސައްކަތެއް ހަވާލުކޮށްފި ހާލަތެއްގައި އެ މަސައްކަތެއް ހަވާލުކުރުވި މުއްދަތެއްގައި ކުރުން.

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން.
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ.

ހުށަހަޅަންޖެހޭ ތާރީޙް:

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ފެބުރުވަރީ 15  ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއެކު، ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މި އޮފީހުގެ އީމޭލަށް ([email protected] އަށް)   ފޮނުވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އީމޭލް ކުރާނެ އެޑްރެހަކީ، [email protected] އެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4000 334 (960) 

ފެކްސް ނަންބަރު: 4004 334 (960) 

އީމޭލް އެޑްރެސް: [email protected]   

ވެބްސައިޓް: www.ncit.gov.mv

‏25 ރަބީޢުލްއާޚިރު 1437

04 ފެބުރުވަރީ 2016
ހޯދާ