މަޤާމު: މެނޭޖަރ އެޑްމިނިސްޓްރޭޝަން
|
މުސާރަ އާއި އެލަވަންސް:
|
މަހަކު -/14000 ރުފިޔާ
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް:
|
އެޑްމިނިސްޓްރޭޝަން
|
މަޤާމުގެ ޝަރުޠު:
|
އަންޑަރ ގްރޭޖްއޭޓް ޑިގްރީއެއް އޮތުމާއެކު، މަޤާމާއި ގުޅޭ ދާއިރާއިން 3(ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާގެ ސެކްޝަނުގެ އިސް މަޤާމެއްގައި 5(ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކުންފުނީގެ އިދާރީ މަސައްކަތްތައް ރާވައި، ހިންގުމުގެ އިންތިޒާމްކޮށް، ބެލެހެއްޓުން.
- ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ކޯޕަރޭޝަނުގެ ކަންކަން ހިންގުމަށް އިދާރީގޮތުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން؛
- ކުންފުނީގެ އޮޕަރޭޝަންސާއި ލޮޖިސްޓިކް މަސައްކަތްތައް ކުރިޔަށް ގެންދެވޭނެ އިންތިޒާމްތައް ހަމަޖައްސައި، ސުޕަވައިޒްކުރުން.
- ކުންފުނީގެ އެއްގަމު ދަތުރުފަތުރަށް ބޭނުންވާނެ އިންތިޒާމްތައް ހަމަޖެއްސުމާއި، ވެހިކަލްތައް ބޭނުންކުރުމާއި، ބެލެހެއްޓުން.
- ކުންފުނީގެ ބެލުމުގެ ދަށުގައިވާ ބިންތަކާއި ޢިމާރާތްތައް ބެލެހެއްޓުމާއި، މަރާމާތުކުރުމާއި، ސާފުތާހިރުކަންމަތީ ބޭއްވުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސައި މޮނިޓަރކުރުން.
- ކުންފުނީގެ އިންފްރާންސްޓްރަކްޗަރއާއި، މިލްކުގައިވާ އެހެން ތަކެއްޗާއި ވަސީލަތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމްތައް ހަމަޖައްސައި، އެކަން މޮނިޓަރކުރުން.
- ކުންފުނީގެ އިންފްރާންސްޓްރަކްޗަރ، ވިޔަފާރި އުޞޫލުން ބޭނުންކޮށްގެން ޢާމްދަނީ ހޯދުމަށް އެހީތެރިވުން.
- ކުންފުންޏަށް ބޭނުންވާ ތަކެތި ހޯދުމާއި، ކުންފުނީގެ އިންވެންޓްރީ ބެލެހެއްޓުމާއި، ސްޓޮކަށް ބޭނުންވާ ތަކެތި ދެނެގަނެ، އެތަކެތިހޯދުމާއި، ސްޓޮކް ބެލެހެއްޓުން.
- ކުންފުނީގެ މެއިންޓެނަންސާއި، ސެކިޔުރިޓީ ބެލެހެއްޓޭނެ އިންތިޒާމްތައް ކޮށް، ސުޕަވައިޒްކުރުން.
- އެކި ބޭނުންތަކަށް އަންނަ މެހުމާނުންނަށް މެހުމާންދާރީ އަދާކުރުމާއި، ކޯޕަރޭޝަނުގެ ފްރޮންޓް އޮފީސް ރާވައި، ބެލެހެއްޓޭނެ އިންތިޒާމްތައް ހަމަޖައްސައި ސުޕަވައިޒްކުރުން؛
- ކޯޕަރޭޝަނުގެ ހުރިހާ ޑިޕާޓްމަންޓްތަކަށް އަންނަ މެއިލްތަކާއި، ފެކްސްތަކާއި، އެނޫން ވަސީލަތްތައްތަކާއި ގޮތްތަކަށް އަންނަ ލިޔުންތައް ކަމާބެހޭ ޑިޕާޓްމަންޓްތަކަށް ރައްދުކުރެވޭނެ އުޞޫލުތަކާއި އިންތިޒާމްތައް ހަމަޖައްސައި، އެކަން މޮނިޓަރކުރުން.
- ކުންފުނީގައި އެކިފެންވަރުގައި ބާއްވާ ބައްދަލުވުންތަކާއި، މުވައްޒަފުންގެ ބައްދަލުވުންތައް އިންތިޒާމްކުރުމާއި، ވެރިންނާއި މުވައްޒަފުންގެ ބައްދަލުވުންތައް ބޭއްވުމަށް ބޭނުންވާ މާޙައުލު ޤާއިމްކޮށްދިނުމާއި، އެފަދަ ބައްދަލުވުންތައް ބޭއްވުމަށް ބޭނުންވާ އެހީތެރިކަން ލިބިދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުން.
- މުވައްޒަފުންގެ ދަތުރުތަކާބެހޭ ކަންކަން ކުރިޔަށް ގެންދާނެގޮތް ރެވުމާއި، އިންތިޒާމްކުރުން.
- މުވައްޒަފުންގެ ރިކްރިއޭޝަންގެ ކަންކަން ރާވައި ހިންގުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމުގައި އެހީތެރިވެދިނުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
- މީގެ އިތުރުން، މަސައްކަތާ ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އައު ވިސްނުންތައް ހުރި މިންވަރު ބެލޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ މާސްޓާރސް ޑިގްރީ ސެޓުފިކެޓާއި، ޓްރާންސްކްރިޕްޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
- ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓްކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓްކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
- ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- އައިޑީ ކާޑުގެ ފޮޓޯކޮޕީ.
- ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް.
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
|
އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ސުންގަޑި:
|
މި މަގާމަށް އެދޭ ފަރާތްތަކުން، 2016 ފެބުރުވަރީ 11 ވަނަ ދުވަހުގެ 15:00 ގެ ކުރިން، މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯދުމަށް 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ.
|