ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މެސެންޖަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: މެސެންޖަރ

މުސާރައާއި އެލަވަންސް:

މަހަކު -/6،200 ރުފިޔާ

މަޤާމުގެ ރޭންކް:

SS2

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް:

އެޑްމިނިސްޓްރޭޝަން

މަޤާމުގެ ޝަރުޠު:

ޖްރޭޑް 7 (ހަތެއް) ގެ ފެންވަރު ހުރުން ނުވަތަ ދާއިރާއިން 4 (ހަތަރެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުން، ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކަށް ރައްދުކުރަންޖެހޭ ރަސްމީ އަދި ނުރަސްމީ ސިޓީތަކާއި އެކިކަލަހަ ލިޔުންތަކާއި ތަކެތި އެ ތަންތަނަށް ގޮސް ރައްދުކުރުން.
  2. ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ކުންފުންޏަށް ގެންނަންޖެހޭ ރަސްމީ އަދި ނުރަސްމީ ސިޓީތަކާއި އެކިކަލަހަ ލިޔުންތަކާއި ތަކެތި އެ ތަންތަނަށް ގޮސް ގެންނަންޖެހޭ ޙާލަތުގައި އެ ތަކެތި ގެނެސް، ކުންފުނީގެ ކަމާބެހޭ ޑިޕާޓްމަންޓްތަކާ ހަވާލުކުރުން.
  3. ކޯޕަރޭޝަނުން އެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ފައިސާއާއި ފައިސާގެގޮތުގައި ބެލޭ ލިޔުންތަކާއި، ފައިސާއާބެހޭ ލިޔުންތައް، އެ ތަންތަނަށް ގޮސް ރައްދުކުރުމާއި،  އެކިތަންތަނުން ކުންފުންޏަށް ގެންނަންޖެހޭ ފައިސާއާއި ފައިސާގެގޮތުގައި ބެލޭ ލިޔުންތަކާއި ފައިސާއާބެހޭ ލިޔުންތައް، އެތަންތަނަށް ގޮސް ގެނެސް ކަމާބެހޭ މުވައްޒަފުންނާ ހަވާލުކުރުން.
  4. ކުންފުނީގެ އެކިޑިޕާޓްމަންޓްތަކާއި ޗެނަލްތަކުގެ ތެރެއިން ވަކި ބިލްޑިންގ ނުވަތަ ޢިމާރާތްތަކުގައި ހިންގާ ޑިޕާޓްމަންޓްތަކުން އަނެއް ޢިމާރާތުގައި ހިނގާ ޑިޕާޓްމަންޓް/ ޗެނަލްތަކަށް ގެންގޮސް ގެންނަންޖެހޭ ތަކެތި ގެންދިއުމާއި ގެނައުން؛
  5. ކުންފުނިން އިންތިޒާމްކުރާ ޖަލްސާ/ ޙަފުލާ/ ޕާޓީތަކުގެ ދައުވަތު ކާޑު، އެ ކާޑެއް ރައްދުވާ މީހާގެ އެޑްރެހަށް ނުވަތަ ހުންނަ ތަނަކަށް ގޮސް ރައްދުކުރުން.
  6. ވަޒީފާއާ ގުޅޭ ކަމަކަށް ވަޒީފާގެ ރަސްމީ މަސައްކަތު ގަޑި ނުވަތަ ޑިއުޓީގަޑި ނޫން ވަގުތެއްގައި ނެރެންޖެހިގެން އެކަމަށް އަންގައިފިނަމަ، ހާޒިރުވެ، އެކަމެއް ކޮށްނިންމުން.
  7. ވަޒީފާއާ ގުޅުންހުރި މި ނޫންވެސް މަސައްކަތެއް ކުރަން ކުންފުނިން ހަވާލުކޮށްފިނަމަ،  އެކަށީގެންވާ އެއްބާރުލުމުގެ ރޫޙުގައި އެކަމެއް ކުރުން.

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު:

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މި ދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީ.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓްފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް.
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ.

ސުންގަޑި:

 

މި މަގާމަށް އެދޭ ފަރާތްތަކުން، 2016 ފެބުރުވަރީ 11 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް 3000210 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

23 ރަބީޢުލްއާޚިރު 1437

02 ފެބުރުވަރީ 2016
ހޯދާ