ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮނޮއްޓާއިން ގެންނަ ކުނިތައް ކުނިކޮށްޓަށް ގެންދިއުން

އިޢުލާން

ކޮނޮއްޓާއިން ގެންނަ ކުނިތައް ކުނިކޮށްޓަށް ގެންދިއުން:

ގދ.ކޮނޮއްޓާއިން ގެންނަ ކުނިތައް ދޯނިން ޖެޓީއަށް ހުސްކުރުމަށްފަހު، ކުނިކޮށްޓަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އެއްވެސް ފަރާތަކަށް އެކަކަށްވުރެ ގިނަ ފަރާތުގެ ނަމުގައި މަޢުލޫމާތު ސާފުކުރުން / އަންދާސީހިސާބު ހުށައެއްނޭޅޭނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވަނީ ކުންފުނި / ކޯޕަރޭޓިވް / ލޯކަލް އިންވެސްޓްމެންޓުން ނަމަ، ކުންފުނި / ކޯޕަރޭޓިވް / ލޯކަލް އިންވެސްޓްމެންޓްގެ ސިޓީއަކާއެކު އެ ތަނުގެ ރަޖިސްޓަރީގެ ކޮޕީ (މުއްދަތު ހަމަނުވާ) ހުށަހަޅަންވާނެއެވެ. އަދި ކުންފުނީގެ ފަރާތުން އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި އައިޑީކާޑު ހުށަހަޅަންވާނެއެވެ. ވަކި ފަރުދެއްގެ ނަމުގައި އަންދާސީހިސާބު ހުށަހަޅާނަމަ، އެ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަމިއްލަ މީހެއްގެ ނަމުގައި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަމުގެ ސިޓީއެއް، އަންދާސީހިސާބު ހުށަހެޅުމުގެ ކުރިން ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ. އަދި މަޢުލޫމާތު ސާފުނުކުރާ ފަރާތަކުން ހުށަހަޅާ އަންދާސީހިސާބާއި، ގަޑި ޖެހުމުގެ ކުރިން ނުވަތަ ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ރަބީޢުލްއާޚިރު 1437

31 ޖަނަވަރީ 2016
ހޯދާ