އަރިއަތޮޅު ދެކުނުބުރީ ދިގުރަށު މަދަރުސާ
ދިވެހިރާއްޖެ
ހޯލް އިމާރާތުގެ ދެ ކްލާސްރޫމް މަރާމާތުކުރުން

ހޯލް އިމާރާތުގެ ދެ ކްލާސްރޫމް މަރާމާތު ކުރުން

މި މަދަރުސާގެ ނަންބަރު GS160/2016/010 އިން 06 ޖަނަވަރީ 2016 ގައި ހޯލް އިމާރާތުގެ ދެ ކްލާސްރޫމް މަރާމާތުކުރުމަށް ކުރި އިޢުލާނަށް ބިޑް ހަމަނުވުމުގެ ސަބަބުންނާއި ހުށަހަޅާފައިވާ ބިޑްގެ އަގުބޮޑުކަމަށް މިނިސްޓްރީން ދެންނެވުމާ ގުޅިގެން މި އިޢުލާން ބާޠިލުކޮށް، އަލުން އަމިއްލަ ތަކެތީގައި ހޯލް އިމާރާތުގެ ދެ ކްލާސްރޫމް މަރާމާތުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކެއް ހޯދުމަށް އިޢުލާންކުރީމެވެ.

ވީމާ، ތިރީގައި މިދަންނަވާ ގަޑިތަކުގައި މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚު

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

08 ފެބުރުވަރީ 2016

13:00

އދ. ދިގުރަށު މަދަރުސާ

އަންދާސީހިސާބު ހުށަހެޅުން

15 ފެބުރުވަރީ 2016

13:00

އދ. ދިގުރަށު މަދަރުސާ

އަދި، ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީހިސާބާއި، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެއެވެ.

31 ޖަނަވަރީ 2016
ހޯދާ