ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލް ގެ 2016 ވަނަ އަހަރުގެ ސެކިއުރިޓީ ބަލަހައްޓުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތެއް ހޯދަމަށް ކުރި އިޢުލާން ނަންބަރު RS/IUL/2016/06 (20 ޖަނަވަރީ 2016) ގެ އިޢުލާނަށް އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ފެބުރުއަރީ 07 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މަޢުލޫމާތު ސާފު ކުރެއްވުމަށް މި ސްކޫލްގެ އޮފީހަށް ވަޑައިގެންނެވުމަށް ދެންނެވީމެވެ. އަދި 2016 ފެބްރުވަރީ 09 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު މި ސްކޫލްގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.  

24 ރަބީއުލްއާޚިރު 1437

 

03 ފެބުރުވަރީ 2016
ހޯދާ