މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ލޭންޑިންގ ކްރާފްޓެއް މަރާމާތުކުރުމަށްޓަކައި އެހެލައި، ބާލައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

އެމް.އެން.ޑީ.އެފްގައި ބޭނުންކުރާ ލޭންޑިންގ ކްރާފްޓެއް މަރާމާތުކުރުމަށްޓަކައި އެހެލައި، ބާލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދޭން އެދޭ ފަރާތްތަކުން 2016 ފެބުރުވަރީ 08 ވަނަ ދުވަހުގެ 10:30 އަށް މި މިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވުމަށްފަހު 2016 ފެބުރުވަރީ 11 ވަނަ ދުވަހުގެ 10:30 އަށް މި މިނިސްޓްރީއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މި މިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

މިކަމަށް މީގެކުރިން މި މިނިސްޓްރީގެ ނަންބަރު (IUL)28-FA-1/1/2016/7 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

03 ފެބުރުވަރީ 2016
ހޯދާ