ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ހެންވޭރު ފާމަސީއަށް މުވައްޒަފުން ބޭނުންވެއްޖެ

ތިރީގައި މިވާ މަޤާމުތަކަށް ދެ އަހަރުދުވަހުގެ ކޮންޓުރެކްޓަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަސައްކަތްކުރަންޖެހޭ ތަން

އަސާސީ މުސާރަ

ޢަދަދު

މަޤާމު

އެސް.ޓީ.އޯ ހެންވޭރު ފާމަސީ

-/5380ރ

2

ޑިއުޓީ އިންޗާރޖު

-/4350ރ

10

ފާރމަސިސްޓު

-/2620ރ

1

އެސިސްޓަންްޓު ލޭބަރ

1. ޑިއުޓީ އިންޗާރޖު

މަޤާމުގެ މަސްއޫލިއްޔަތު

  • މުވައްޒަފުންނަށް ޓުރެއިިނިންގ ދިނުމާއި މުވައްޒަފުން ސުފަރވައިޒުކުރުން
  • ސްޓޮކް މެނޭޖުކުރުން
  • ރިޕޯޓު ތައްޔާރުކުރުން
  • އެ ދުވަހެއްގެ މަސައްކަތްތައް ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ހިނގާތޯ ބެލުން
  • ފާމަސީއަށް އަމާޒުވާ ޝަކުވާތައް ބަލައި އެކަންކަން ޙައްލުކުރުމަށް މަސައްކަތްކުރުން

ތަޢުލީމާއިތަޖުރިބާ

  • މެނޭޖުމަންޓުގެ ދާއިރާއިން ޑިޕްލޮމާ ނުވަތަ ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ އެއަށްވެރެ މަތީ ސަނަދެއް ލިބިފައިވުން

2. ފާރމަސިސްޓު

މަޤާމުގެ މަސްއޫލިއްޔަތު

  • ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދިނުން
  • ބޭހުގެ ތަފުސީލާއި، އަދި ބޭސް ބޭނުންކުރާނެ ގޮތް ކިޔައިދިނުމަށްފަހު ބޭސް ދޫކުރުން
  • ހަރުގަނޑުތަކުގައި ބޭސް އެތުރުން
  • ޑިޕާޓުމަންޓުގެ ގަވާއިދުތަކާ އެއްގޮތަށް ފާމަސީގެ ލިޔެކިޔުންތައް ތައްޔާރުކުރުން
  • މުއްދަތުހަމަވާ ބޭސްތައް ބަލައި ރިޕޯޓު ތައްޔާރުކުރުން

 ތަޢުލީމާއި ތަޖުރިބާ

  • އެޑްވާންސް ސެޓްފިކެޓް އިން ފާމަސީ ނުވަތަ ޑިޕްލޮމާ އިން ފާމަސީ ކޯސް ފުރިހަމަކޮށްފައިވުން

3. އެސިސްޓަންޓު ލޭބަރ

މަޤާމުގެ މަސްއޫލިއްޔަތު

  • ދުވަހުން ދުވަހަށް ފާމަސީ ސާފުކޮށް ބެލެހެއްޓުން
  • ކުނި އުކައިލުން
  • ހަރުގަނޑުތަކުގައި ބޭސް އެތުރުން
  • މުދާ/ ބޭސް ލޯޑް ކުރުމާއި އަންލޯޑު ކުރުން

 ތަޢުލީމާއި ތަޖުރިބާ

  • ގުރޭޑު 7 ނިންމާފައިވުން
  • ދިވެހި އަދި އިނގިރޭސި ބަސް ލިޔަންކިޔަން އެނގުން
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވުން

 އެހެނިހެން ޢިނާޔަތްތައް

  • އިތުރު އެލަވަންސްގެ ގޮތުގައި -/1500 ރުފިޔާއާއި -/2450 ރުފިޔާއާ ދެމެދުގެ އަދަދެއް ވަޒީފާގެ މަސްއޫލިއްޔަތާއި ގުޅޭގޮތަށް ހަމަޖައްސައިދެވޭނެ
  • އިތުރުގަޑީގައްޔާއި، ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ
  • މަތީ ތަޢުލީމު ހާސިލުކޮށްފައިވާނަމަ، ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެ
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެ
  • ހަމަޖެހިފައިވާ އުސޫލުން މެޑިކަލް އިންޝުއަރެންސް ހަމަޖައްސައިދެވޭނެ

 ސުންގަޑި

  • މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 ފެބުރުވަރީ 11 ވާ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑުރެހަށް ހުށަހެޅުއްވުން އެދެމެވެ.
  • އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓު

  • ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.
  • މި މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާއާއި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކުސް ލިބޭ ފަރާތްތައް / ފަރާތެކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑުރެސް

  • ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑު އޮފީސް
  • ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345
  • ފޯން: 3344368 / 3344245 ، ފެކުސް: 3344041 ، ވެބްސައިޓު: www.sto.mv
  • އީމެއިލް އެޑްރެސް: [email protected] 

23 ރަބީޢުލްއާޚިރު 1437

02 ފެބުރުވަރީ 2016
ހޯދާ