މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކޮންޓްރޯލް ބޭސް ލިއުމަށް ހާއްސަ ކުރެވިފައިވާ ބްލޫޕްރިސްކްރިޕްޝަން ފޮތް ބަދަލުކުރުން

އިޢުލާނު

ކޮންޓްރޯލް ބޭސް ލިއުމަށް ޚާއްޞަ ކުރެވިފައިވާ ބްލޫޕްރިސްކްރިޕްޝަން ފޮތް ބަދަލުކުރުން

ކޮންޓްރޯލް ޑްރަގްސް ލިޔުމަށް ބޭނުންކުރަމުންދާ ބްލޫޕްރިސްކްރިޕްޝަންގެ ސީރިއަލް ނަމްބަރުގައި މީލާދީ އަހަރު ހިމަނައި، ނަމްބަރަށް ބަދަލު ގެނެވިފައިވާކަން އާންމުކޮށް އިޢުލާން ކުރަމެވެ. މި ބަދަލު ގެނެވުނު ފޮތްތައް ބޭނުން ކުރައްވަން ފަށްޓަވާނީ، 1 ފެބުރުވަރީ 2016 އިން ފެށިގެންނެވެ. އަދި ދަންނަވަމެވެ. 1 ފެބުރުވަރީ 2016 އިން ފެށިގެން ކޮންޓްރޯލްޑް ޑްރަގް ލިޔުުމަށް ބޭނުންކުރާ ޕްރިސްކްރިޕްޝަން ފޮތް ގަތުމަށް ލިބެން ހުންނާނީ އެމް ސެވެން ޕްރިންޓް ޕްރައިވެޓް ލިމިޓެޑް ހ.ގުލްކަނދު، ފުރަތަމަ ފަންގިފިލާ އިންނެވެ.

އަދި ކުރިން ބޭނުން ކުރަމުން ދިޔަ (މީލާދީ އަހަރު ނުޖަހާ) ޕްރިސްކްރިޕްޝަންތައް ބޭނުންކުރެވޭނެ އެންމެ ފަހު މުއްދަތަކީ، 31 މާރިޗު 2016 އެވެ. މި މުއްދަތުގެ ފަހުން މި ޕްރިސްކްރިޕްޝަން ބާޠިލުވާނެ ކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މި އޮތޯރިޓީގެ ނަމްބަރު 3014316 ފޯނާ ގުޅުއްވުން އެދެމެވެ.

23 ރަބީއުލްއާޚިރު 1437 

                     

02 ފެބުރުވަރީ 2016
ހޯދާ