މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިވާމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ. 

މަޤާމް: އެސިސްޓެންޓް ލީގަލް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ކްލެފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: އެލް. އެސް. 2

މަޤާމުގެ މުސާރަ: -/9،412 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/3،000 ރުފިޔާ

ލިވިން އެލަވަންސް: މަހަކު -/2،550 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: މ. މުލީ މެޖިސްޓްރޭޓް ކޯޓު

ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40 (3764.80 ރުފިޔާ)

މަޤާމުގެ ޝަރުޠު:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސައްކަތް:

1. ނިޔާކަނޑައަޅާ މައްސަލަތަކުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޑްރާފްޓްކުރުން.

2. އިސްމެޖިސްޓްރޭޓް ހަވާލުކުރާ (އެހެނިހެން މީހުންގެ) ބަޔާން ނެގުން.

3. ޤާނޫނުތަކާއި ޤަވާޢިދުތައް އެއްކޮށް ހޯދައި، ފަސޭހައިން ފެންނާނެހެން ބެހެއްޓުން.

4. ކޯޓުގެ މުވައްޒަފުން ކުރާ މަސައްކަތާއި، ހިންގާ ހަރަކާތްތަކާ ބެހޭގޮތުން އިސްމެޖިސްޓްރޭޓް ހައްދަވާ ޤަވާޢިދުތަށް ޑްރާފްޓްކޮށް އެކުލަވައިލުމުގައި އިސްމެޖިސްޓްރޭޓަށް އެހީތެރިވެދިނުން.

5. ކޯޓުގައި ޝަރީޢަތް ހިނގަމުންދާއިރު ޝަރީޢަތުގެ މަޖިލިހުގައި އެއްވެސް މީހަކު ޝަރީޢަތުގެ މަޖިލީހުގެ ޙުރުމަތް ކެނޑިދާފަދަ ޢަމަލެއް ހިންގާތޯ ބަލައި، އެފަދަ ޢަމަލެއް އެއްވެސް މީހަކު ހިންގަން އުޅެފިނަމަ، އެކަމެއް ހުއްޓުވުން.

6. ކޯޓަށް ހާޒިރުކޮށްފައި ތިބޭމީހުން ކޯޓުތެރޭގައި ނޭދެވޭ ޢަމަލެއް ހިންގާތޯ ބެލުމާއި، ކޯޓުގެ ޙުރުމަތް ކެނޑޭފަދަގޮތަކަށް އަޑުގަދަކޮށް ހަދާނަމަ، އެކަން ހުއްޓުވުން.

7. ކޯޓަށް ހާޒިރުވުމަށް ފޮނުވަންޖެހޭ އަމުރު (ކޯޓަށް ހާޒިރުވުމުގެ ޗިޓް) ތައްޔާރުކުރުމާއި، ރައްދުކުރަންޖެހޭ ފަރާތްތަކަށް އަމުރު ރައްދުވެފައިވޭތޯ ބެލުމާއި، ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލުނުވާ މީހުންނާއި ފިލައިގެންއުޅޭ މީހުންގެ ގޭގައި ކޯޓަށް ހާޒިރުވުމުގެ އަމުރު ތަތްކުރުން.

8. ޝަރީޢަތުގެ މަޖިލިސް ތައްޔާރުކުރުމުގެ މަސައްކަތް ސުޕަވައިޒުކުރުމާއި، ޝަރީޢަތުގެ މަޖިލީހަށް މީހުން ވެއްދުމާއި ނެރުން (މެޖިސްޓްރޭޓުގެ ހުއްދައާއެކު)

9. ކޯޓަށް ހާޒިރުވުމުގެ އަމުރުކުރެވޭ ފަރާތްތައް ކޯޓަށް ހާޒިރުވޭތޯ ބެލުމާއި، ހާޒިރުނުވާނަމަ، މެޖިސްޓްރޭޓުގެ މަޝްވަރާގެމަތިން އެ ފަރާތްތަކާމެދު ފިޔަވަޅުއެޅުން.

10- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއްނިންމުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް، މެޖިސްޓްރޭޓް އަންގާ ގޮތެއްގެ މަތިން ކުރުން.

11- ތަޙްޤީޤީ އިދާރާތަކަށް ބަލައި ފާސްކުރުގެ އަމުރުތަށް ހޯދަންއެދި ހުށަހެޅުމުން، އެކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، މެޖިސްޓްރޭޓް އަންގާ ގޮތެއްގެ މަތިން ކުރުން.

12- ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި، ވަރި ކައިވެންޏާބެހޭ މައްސަލަތަކާއި، އެގްރިމެންޓް ރަޖިސްޓްރީކުރުމުގެ ފޯމު ބަލައިގަނެ، މަޢުލޫމާތު ފުރިހަމަވެފައިވޭތޯ ޗެކްކުރުމުގައި އެހީތެރިވެދިނުން.

13- މީގެ އިތުރުންވެސް، ކޯޓުގެ ވެރިން ހަވާލުކުރައްވާ ރަސްމީ މަސައްކަތްތައް ކުރުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  • 2016 ފެބުރުވަރީ 11 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން،  "ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު، މި ކޯޓަށް ހުށަހެޅުން އެދެމެވެ.
  • ވަޒީފާއަށް އެދި މި ކޯޓުގެ ފެކްސް ނަންބަރު 6720599 އަށް ފޮނުވާ ފެކުސްތަކާއި، މި ކޯޓުގެ އީމެއިލް [email protected]  އަށް ފޮނުވާ އީމެއިލްތައްވެސް ގަބޫލުކުރެވޭނެއެވެ. ނަމަވެސް ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހަޅާ ލިޔުންތައް ހަމައަށް ކޯޓަށް ލިބުނުތޯ ބަލައި ޗެކްކުމަކީ، އެ ލިޔުންތައް ފޮނުވާ ފަރާތުގެ ކަމެކެވެ. އިންޓަވިޔުއަށް އަންނައިރު މިފަދަ އެންމެހައި ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:
މި މަޤާމަށް ކަނޑައެޅިފައިވާ މުސާރައާއި، ސަރވިސް އެލަވަންސާއި،  ލިވިންގ އެލަވަންސާއި، ޖުޑީޝަލް އެލަވަންސާއި، އިތުރުގަޑީގެ ފައިސާ، ޖުޑީޝަލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ، ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މެޖިސްޓްރޭޓް ކޯޓްތަކުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް www.judiciary.gov.mv އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ) (އިންޓަވިޔުއަށް ހާޒިރުވާއިރު، ތަޢުލީމީ ސެޓްފިކެޓްތަކާއި، ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.)
  4. ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓްގެ ކޮޕީ.
  5. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކުރި ވަޒީފާގެ ނަމާއި، އެ ވަޒީފާގައި އުޅެފައިވާ މުއްދަތު އެނގޭގޮތަށް އެތަނުގެ ތައްގަނޑުޖެހި ލިޔުން.
  6. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

އެހެނިހެން ކަންތައްތައް:

- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011 ގެ 70 ވަނަ މާއްދާގެ (ހ) ގައި ބުނާ ޝަރުޠުތައް ހަމަވާ ފަރާތެއްކަމުގައި ވާންވާނެއެވެ. 

- ވަޒީފާއަށް މީހަކު ޢައްޔަންކުރުމުގެކުރިން މަތީގައި ހަވާލާދިން މާއްދާގެ (ށ) ގައި ބުނާ ކަންކަމަށް ރިޢާޔަތްކުރެވޭނެއެވެ.

މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ ކަންކަން:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ، ތަޢުލީމީ ނަތީޖާއާއި، އިންޓަވިއުގައި ހޯދާ މާކުހާއި، ކޯޓުންދޭ ޓެސްޓެއްގެ ޖުމުލައަށް ބަލައިގެންނެވެ.

އިންޓަވިއު:
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރުން 2016 ފެބުރުވަރީ 17 ވަނަ ދުވަހާއި 18 ވަނަ ދުވަހު މި ކޯޓުގައި ބާއްވާގޮތަށް ހަމަޖެހިފައިވާތީ، ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުން، އެ ތާރީޚުން ފެށިގެން އިންޓަވިއުއަށް ތައްޔާރުވެ، މ. މުލީގައި ހާޒިރުވެ ތިބުން އެދެމެވެ. އިންޓަވިއުކުރާނީ، މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި ކޯޓުގެ 6720012 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

22 ރަބީޢުލްއާޚިރު 1437

01 ފެބުރުވަރީ 2016
ހޯދާ